Bon govvan thamreen libifa thibi 7 meehun Lanka ga hayyru koffi
image
0 ކޮމެންޓް
 

ބޮން ގޮއްވަން ތަމްރީން ލިބިފައި ތިބި ހަތް މީހުން ލަންކާގައި ހައްޔަރުކޮށްފި

ނޭޝަނަލް ތައުހީދު ޖަމާއަތުގެ ފަރާތުން އަމިއްލަ އަށް މަރުވެގެން ހަމަލާ ދީނުމަށް ތަމްރީނު ހޯދާފައިވާ ހަތް ހަނގުރާމަވެރިން ސްރީ ލަންކާގައި ހައްޔަރުކޮށްފި އެވެ.
ލަންކާ ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހަމްބަންޓޯޓާ ސަރަހައްދުން ކަމަށެވެ. އެ ހަތް މީހުންނަކީ ވެސް ތައުހީދު ޖަމާއަތުގެ ލީޑަރާ ގާތް ބައެކެވެ.

ހަމްބަންޓޯޓާ ސަރަހައްދުގައި ހަތިޔާރު ބޭނުންކޮށްގެން ތަމްރީންކޮށްފައިވާ އެމީހުން ހައްޔަރު ކުރީ ކަޓަންކުޑީ ޕޮލިސް ސްޓޭޝަނުންނެވެ. އެމީހުންނާ ސުވާލުކޮށް ތައުހީދު ޖަމާއަތުގެ އިތުރު މައުލޫމާތު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އޭޕްރިލް މަހު ދިން ހަމަލާތަކުގައި ޖުމްލަ 253 މީހުން މަރުވެފައިވާއިރު، ޒިންމާ ނަގާފައި ވަނީ އެ ޖަމާއަތުންނެވެ. ނަމަވެސް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ބުނީ އެ ހަމަލާ ދިނީ އައިއެސްގެ ތަމްރީން ހޯދައިގެން ކަމަށެވެ.
ހިޔާލު