Yemen ge insaanee kaarisaa: Ehee vaanee kihineh?
image
ޔަމަނުގައި ބަނޑުހައި ހޫނުކަން ޖެހިފައިވާ ކުއްޖެއް ޔުނިސެފްގެ ކޭމްޕެއްގައި---ފޮޓޯ: ނިއު ޔޯކް ޓައިމްސް
0 ކޮމެންޓް
 

ޔަމަނުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވާނީ ކިހިނެތް؟

ޔަމަނުގެ ދާހިލީ ހަނގުރާމައިގައި އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އޭގެ އެންމެ ބޮޑު އަސަރެއް ކުރަނީ ކުށެއް ނެތް ކުޑަކުދިންނަށެވެ. ޔަމަނުން މިހާރު ފެންނަ ފޮޓޯތަކާއި ވީޑިއޯތަކަކީ ކޮންމެ މީހެއްވެސް ފެންކަޅިކޮށްލާފަދަ ހިތާމަވެރި މަންޒަރުތަކެކެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގައި ހެޔޮ އަމަލުކުރުމަށް އަވަސްވެ ގަންނައިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުން މަތިން ހަނދާންކޮށް، އެމީހުންނަށް އެހީގެ އަތެއް ދިއްކުރުން ވަރަށް ވެސް މުހިއްމެވެ. 
ތިރީގައި މިވަނީ ޔަމަނުގައި ތިބި މީހުންނަށް އެހީވެވިދާނެ ބައެއް ގޮތްތަކެވެ. 

ޔުނިސެފް އިން މަސައްކަތް ކުރަނީ ޔަމަނުގެ ކަމާ ބެހޭ ފަރާތްތަކާއި، އަމިއްލަ ޖަމާއަތްތަކާ ގުޅިގެން ކުޑަކުދިންނަށް އެމެޖެންސީ އެހީ ދިނުމަށެވެ. އެގޮތުން ހެލްތް ސްކްރީން ކުރުމާއި، ވެކްސިން ދިނުމާއި، ފެނާއި، ސްކޫލަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، ބަނޑުހައިހޫނުކަމުން އަރައިގަތުމަށް އެހީވެ އެވެ. 

ޑޮކްޓާޒް ވިތައުޓް ބޯޑާޒް އިން ޔަމަނުގައި 13 ހޮސްޕިޓަލަކާއި ހެލްތު ސެންޓަރުތައް ހިންގަމުން ދެއެވެ. އޭގެ އިތުރުން އެގައުމުގެ 20 ހެލްތް ޕްރޮގްރާމަކަށް އެހީވެ އެވެ. ޔަމަނުގެ ހޮސްޕިޓަލުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ވަނީ ހަނގުރާމައާ ގުޅިގެން ބަންދުކޮށްފަ އެވެ. 

ސޭވް ދަ ޗިލްޑްރަން އަކީ ކުޑަކުދިންނަށ ތައުލީމާއި ރައްކާތެރި މާހައުލު ހޯދުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. ޔަމަނުގެ ބައެއް ސަރަހައްދުތަކުގައި 75 އިންސައްތަ ސްކޫލުތައް ވަނީ އެކީހެން ހަލާކުވެފަ އެވެ. މި ޖަމިއްޔާ އިން ދަނީ ޓީޗަރުން ތަމްރީނުކޮށް، ކާބޯތަކެއްޗާއި، ފައިސާގެ އެހީ ކުދިންނަށް ދެމުންނެވެ.
ހިޔާލު