Mookai ga alifaan roave, current nethumun Hajj Corporation ge baeh hidhumaiythah medhu kendijje
image
މޫކައި ސޫޓުގައި ރޭ އަލިފާން ރޯވި އަލިފާންގަނޑު ނިއްވުމުގައި ސިފައިން -- ފޮޓޯ: އެމްއެންޑީއެފް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

މޫކައި ގައި އަލިފާން ރޯވެ، ކަރަންޓު ނެތުމުން ހައްޖު ކޯޕަރޭޝަނުގެ ކައުންޓަރު ބަންދު

މޫކައި ސޫޓުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހައްޖު ކޯޕަރޭޝަންގެ ކަައުޓަރުން ދޭ ހިދުމަތްތައް ދެ ދުވަހަށް މެދު ކަނޑާލައިފިއެވެ.
ހައްޖު ކޯޕަރޭޝަން ހިންގަމުން އަންނަނީ މޫކައި ސޫޓު ހޮޓަލުގެ ދެ ވަނަ ފަންގިފިލާގަ އެވެ. ރޭގެ އަލިފާނުގެ ހާދިސާއަށްފަހު އަދިވެސް އެ ހޮޓަލުގައި ކަރަންޓެއް ނެތެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހާމީދު ސީއެންއެމް އަށް ވިދާޅުވީ ކައުންޓަރުންދޭ ހިދުމަތްތައް މެދުކެނޑުނީ ހޮޓަލުގައި ކަރަންޓު ނެތުމުން ކަމަށެވެ.

ކަރަންޓު ނެތުމާއި ގުޅިގެން ދެ ދުވަހަށް ހައްޖު ކޯޕަރޭޝަނުގެ ކައުންޓަރު ބަންދުކުރަން ޖެހިފައިވާ ކަމަށާއި، ނަމަވެސް އެ ކޯޕަރޭޝަނުގެ މުދަލަކަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެއްވެސް ގެއްލުމެއް ކޯޕަރޭޝަނަކަށް ނުލިބޭ. އެހެން ނަމަވެސް ކަރަންޓު ނެތީމަ ބަންދު ކުރީ. ދެ ދުވަހަށް ބަންދު ކުރީ. މިއަދާ މަދާމާ [ބުދަ، ބުރާސްފަތި] ދެން ހުޅުވާނީ އާދިއްތަ ދުވަހު. ކައުންޓަރު ބަންދުކުރި ނަމަވެސް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އެކި ގޮތްގޮތަށް މިއަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ސީއެންއެމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މޫކައި ހޮޓަލުގެ ކަރަންޓު ކޭބަލްތައް ވަނީ އަނދާފައެވެ.

ސިފައިން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭ 21:48 ހާއިރު ކަމަށެވެ. އަދި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ސިފައިން ބުނެއެވެ. އަލިފާން ހިފިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
ހިޔާލު