Audit report hushaelhee MDP, MDA adhi JP inn: EC
image
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް އަދި ކޮމިޝަންގެ މެމްބަރު އަކްރަމް -- ފައިލް ފޮޓޯ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އޮޑިޓް ރިޕޯޓް ހުށަހެޅީ އެމްޑީޕީ، އެމްޑީއޭ އަދި ޖޭޕީން: އީސީ

މިހާތަނަށް އޮޑީޓް ރިޕޯޓް ހުށަހަޅާފައިވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މިމަހުގެ ނުވަ ވަނަ ދުވަސް ކަމަށެވެ.

"މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ ތިން ޕާޓީއަކުން. އެއީ އެމްޑީޕީ، އެމްޑީއޭ އަދި ޖޭޕީން. އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ ތާރީހެއްގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައި އޮންނަނީ، މީލާދީ އަހަރު ނިމޭތާ ގިނަވެގެން 90 ދުވަސްކަމަށް. އެ މުއްދަތު މާދަން ހަމަވާނެ،" އަކްރަމް ވިދާޅުވިއެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްވެސް ވަނީ އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާތީ އެކަން ސިޔާސީ ޕާޓީތަކުގެ ސަމާލުކަމަށް ގެންނަވާފަ އެވެ.
ހިޔާލު