"Emmenge Roadha Sale" ge 3 vana naseebuveriyaa ah saikalu havaalu koffi
image
"އެންމެންގެ ރޯދަ ސޭލް" ގެ ތިންވަނަ ނަސީބުވެރި ފަރާތަށް ސައިކަލު ހަވާލުކޮށްފި---
0 ކޮމެންޓް
 

"އެންމެންގެ ރޯދަ ސޭލް"ގެ ތިން ވަނަ ނަސީބުވެރިޔާއަށް ސައިކަލު ހަވާލުކޮށްފި

އޭސް ހާޑްވެއާ އަދި ކަލަ ބޭންކުން ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "އެންމެންގެ ރޯދަ ސޭލް" ގެ ތިންވަނަ ނަސީބުވެރި ފަރާތަށް ސައިކަލު ހަވާލުކޮށްފި އެވެ.
"އެންމެންގެ ރޯދަ ސޭލް" އަކީ ކޮންމެ ދިހަ ދުވަހަކުން ނަސީބުވެރި ފަރާތަކަށް ސައިކަލެއް ހަދިޔާ ކުރާ ޕްރޮމޯޝަނެކެވެ. އެގޮތުން ތިންވަނަ ސައިކަލު ލިބުނީ ބަންގްލަދޭޝްގެ އެމްޑީ ޝަރީފް އަށެވެ.

އިއްޔެ ހަވީރު ކަލަ ބޭންކު އޯކިޑް މަގު ފިހާރައިގައި އޮތް ހަފްލާއެއްގައި ސައިކަލު ވަނީ ހަވާލުކޮށްފަ އެވެ. މި ޕްރޮމޯޝަން ތެރޭގައި ކަލަ ބޭންކް އަދި އޭސް ހާޑްވެއާގެ ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ލިބެ އެވެ.

މި ޕްރޮމޯޝަނުގައި ލިބޭ އިތުރު އިނާމުތަކުގެ ތެރޭގައި މެލޭޝިއާ ދެކޮޅު ޓިކެޓް، ހިލޭ ރިޒޯޓް ދަތުރު އަދި ކޮންމެ ހަފްތާއަކު ދެ ފަރާތަކަށް ރޯދަ ވީއްލުން ހިމެނެ އެވެ.

"އެންމެންގެ ރޯދަ ސޭލް" ކުރިއަށް ދާނީ އޭޕްރިލް 1 އިން ޖޫން 5 ގެ ނިޔަލަށެވެ.
ހިޔާލު