Baeh baavaithakuge mudhaa India inn Raajje ethere kurumugai huri hurasthah uvaalaifi
image
ރައީސް ސޯލިހް އިންޑިއާގެ ރައީސް އަދި ބޮޑުވަޒީރާއި އެކު | ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ބައެއް ބާވަތްތަކުގެ މުދާ އިންޑިއާއިން ރާއްޖެ އެތެރެ ކުރުމުގައި ހުރި ހުރަސްތައް ނައްތާލައިފި

އިންޑިއާގެ ބައެއް ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކުރުމުގައި ހުރި ހުރަސްތައް އިންޑިއާއިން އުވާލައިފިއެވެ.
އިންޑިއާގެ ޑިރެކްޓަރު ޖެނެރަލް އޮފް ފޮރިން ޓްރޭޑްގެ އޮފީހުން އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، މުގު އަދި ބިސް ރާއްޖެއަށް އެކްސްޕޯޓް ކުރުމަށް ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ބައިލެޓްރަލް ޓްރޭޑް އެގްރީމެންޓްގައި ހިމަނާފައިވާކަމަށެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު، މުގު އަދި ބިސް ރާއްޖެއަށް އެކްސްޕޯޓް ކުރުމަށް ނިންމާފައިވާ މިންވަރު ވޭތުވެދިޔަ އަހަރުތަކަށް ވުރެ ވަނީ އިތުރުކޮށްފައެވެ.

އަދި މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ބައިލެޓްރަލް ޓްރޭޑް އެގްރީމެންޓްގެ ދަށުން ކުރި ވިޔަފާރީގެ މުއާމަލާތްތައް ވަނީ 206.97 މިލިއަން ޑޮލަރުން 222.68 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ހީނަރުވެ ރާއްޖެއާއި ޗައިނާއާ ދެމެދު ވަނީ ގާތްގުޅުމެއް އުފެދިފައެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ގުޅުން ބަދަހިކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ހިޔާލު