Social Media gai STO aa gulhey gothun dhogu khabareh fathurany
image
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ސޯޝަލް މީޑިއާގައި އެސްޓީއޯ އާ ގުޅޭގޮތުން ދޮގު ހަބަރެއް ފަތުރަނީ

ޝޯޝަލް މީޑިއާގައި "އެސްޓީއޯއިން މުއްދަތު ހަމަވެފައި ހުރި ބިސް" ވިއްކާ ކަމަށް ބުނެ ފަތުރަމުން ދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ، "ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ ފޮޓޮއަކީ މާކުރީގެ ޝިޕްމަންޓެއްގެ ފޮޓޯއެއް" ކަމަށެވެ. އަދި ބިހުގެ މުއްދަތު ހަމަވަނީ 28 ދުވަހުންކަމުން އެސްޓީއޯއިން ބިސް ވިއްކާނީ އެކަމަށް ސަމާލުކަން ދީގެންކަމަށެވެ.

އަމްރު މިހެން ވިދާޅުވުމާ ގުޅިގެން ބައެއް މީހުން އަންނީ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުންނެވެ.
ސޯސަލް މީޑިއާގައި ބައެއް މީހުން އަންނީ އެސްޓީއޯއިން މުއްދަތު ހަމަވެފައިވާ ބިސް ވިއްކާކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯގައި ފެންނަ ބިސް ކޭހުގެ މުއްދަތު ހަމަވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހަށެވެ."ބިސް އަޅާ ދުވަހުން ފެށިގެން 28 ދުވަހުގެ ތެރޭގަ ބިސް ބޭނުންކުރަން ޖެހޭނީ. އެކޮޅުން ގެނެވޭނެ ހަފްތާއެއް ތެރޭގަ. ބާކީ އިންނަ ދުވަސްކޮޅުގެ ތެރޭގަ މި ބިސް ވިއްކާލަނީ. އަޅުގަނޑުމެން ބިސް މި ގެންނަނީ އެވަރު ބަލައިގެން. ދައުރުވަމުން އެދަނީ މިހާރު ގެނެސްގެން އުޅޭ ބިސް ކޭހެއްގެ ފޮޓޯއެއް ނޫން. ބިސް ވިއްކަން އިންނަ 28 ދިވަހުގެ ތެރޭގަ ބިސް ވިއްކޭނެ ގޮތަށް ބަލައިގެން އެސްޓީއޯއިން ބިސްވިއްކަމުން ގެންދަނީ." ދައުރުވަމުންދާ ފޮޓޯއާ ގުޅޭގޮތުން އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ރޯދަ މަހު އަންނަނީ ފިޔާ ބިސް އަލުވި ހެޔޮ އަގުގައި ވިއްކަމުން:

ރޯދަ މަހަށް އެސްޓީއޯއިން ގެނައި ފިޔާ، ބިސް، މިދިޔަ މަހުގެ ތެރޭގައި އެސްޓީއޯއިން ވަނީ ވިއްކަން ފަށާފައެވެ. އެސްޓީއޯ ގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 7 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 8:50ރ ވިއްކާއިރު ބިހެއް 1.50ރ އަށެވެ.

އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަނީ 140 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 180 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް 270 އެސްޓީއޯއިން ލިބެއެވެ.
ހިޔާލު

ނިއުސް

ޚަބަރުގައި ޖަހާފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ބިސްގެ މުއްދަތު ހަަމަވަނީ މި މަހު 17 ވަނަ ދުވަހު،