Dhivehin Ufaluga, Dhivehin Haaluga
image
ސީރިއާގެ "އަލް ހަވުލް" ކޭމްޕުގައި ބަޔަކު ކަނީ (ކ)، ދިވެހި ލޯކަލް މާކެޓު (ވ):--
ގުފްތަގު އަޖީރު
15 ކޮމެންޓް
 

ދިވެހިން އުފަލުގައި، ދިވެހިން ހާލުގައި

ދައްކަން މިއުޅޭ ވާހަކަ އަކީ ގިނަބަޔަކު ހިތްހަމަ ޖެހޭ ވާހަކައަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް މިވާހަކައަކީ ނުދައްކައި ހުރެވޭ ވަރަށްވުރެ ސީރިއަސް ވާހަކައެކެވެ. މިވާހަކަ ދެއްކުމުން ރުޅި ގަދަވާނެ ގިނަ ބަޔަކުވެސް ތިބޭނެއެވެ. ނަމަވެސް ގިނަބަޔަކު ކަމަކާމެދު ދެކޭ ގޮތަކީީ އަބަދުވެސް އެންމެ ރަނގަޅު ގޮތެއް ނޫންކަން ޔަގީނެވެ.
ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަންނަ ނުހަނު އުފާވެރި މަހެކެވެ. މި މަހުގައި ކުނި ގޮނޑުތައް ބަލާލުމުން އެކަނިވެސް އެހެން މަސް މަހަށްވުރެ ގިނައިން އުކާފައި ހުންނަ ކާބޯތަކެތިން ދިވެހިންގެ "އުފާވެރިކަން" އަޅުގަނޑަށް ރަންމުޒުކޮށްދެއެވެ. ރޯދަމަސް ރާއްޖޭގައި އޮތީ ކިހިނެއްކަން ކިޔައި ނުދިނަސް އެނގިލައްވާނެއެވެ.

ހަމަޔަގީނުންވެސް ދިވެހިންގެ ތެރޭގައި ރޯދަ ވިއްލާނެ ގޮތެއް ނެތި، ފެނާ ބޭސް ފަރުވާ ލިބޭނެ ގޮތެއް ނެތް މީހަކު މަދުވާނެއެވެ.



ހާލުގައި ޖެހިފައި ތިބި ދިވެހިން:

ސީރިއާގެ "އަލް ހަވުލް" ކޭމްޕުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ވެސް ތިބީ ރޯދައަށެވެ. ނަމަވެސް އެމީހުންގެ ކޭމްޕުތަކުގެ ހާލަތު ވަރަށް ދަށެވެ. އެ ކޭމްޕުތަކުގައި ކަރަންޓެއް ނެތެވެ. ކާން ބޯން ލިބޭނެ ގޮތެއް ނެތެވެ. ފެން ހޯދަން ކުރަން ޖެހެނީ ބުރަ މަސައްކަތެކެވެ. ކާއެއްޗެއް ލިބެނީ ބަޔަކު ކާއެއްޗެއް ދިއްކޮށްލީމަ އެވެ.

ސީރިއާއާއި އިރާގު ގުޅޭ ބޯޑަރުގެ ހަނަފަސް ސަހަރާގައި ތިބިއިރު، މެންދުރު އަވި އެހާގަދައެވެ. އަދި ރޭގަނޑުގެ ފިނިކަންވެސް އެހާ ގަދައެވެ.

ކޭމްޕުތަކުގައި ތިބި މީހުންނަށް އެހީތެރިވާނެ ގޮތެއް އިސްކަމެއް ދީގެން ހޯދަމުން އަންނަ ވާހަކަ ދިވެހި ސަރުކާރުން ވަނީ އަމިއްލަ ފަރާތްތަކަށް ދިން ސިޓީތަކުގައި ބުނެފައެވެ. ނަމަވެސް މިހާތަނަށްވެސް ސަރުކާރުން އެމީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދީފައެއް ނުވާކަމަށް ކޭމްޕުގައި ތިބި މީހުންގެ އާއިލާތަކުން ކަށަވަރުކޮށްދެއެވެ.


"މިތާ ތިބިއިރު ސަރުކާރުން އެއްވެސް އެހީތެރިކަމެއް ނުލިބޭ. އެހެން ގައުމުތަކުން އައިސް އެމީހުންގެ މީހުން އެބަ ގެންދޭ. އެކަމު މިހާ ދުވަސް ވާއިރު ވެސް ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ. މިތާންގަ ބޭސް ފަރުވާއެއް ވެސް ނުލިބޭ. ކުޑަކުދިންނާ ބަލި މީހުންނަށް ފަރުވާއެއް ވެސް ނުލިބޭ،" ކޭމްޕުގައި ހުރި ދިވެއްސަކު ބުންޏެވެ.

އަލްހަވުލް ކޭމްޕުގައި ކުރިން ތިބީ 46 ދިވެހިންނެވެ. އޭގެ ތެރޭގައި 33 ކުޑަކުދިން ހިމެނެއެވެ. ދެން ބާކީ ތިބީ އަންހެންނެވެ. އޭގެ ތެރޭގައި ބަަލި މީހުންގެ އަދަދުވެސް ވަރަށް ގިނައެވެ.

ދާދިފަހުން ދެ ކުޑަކުއްޖަކު މަރުވެސް ވެއްޖެއެވެ.

އެ ކޭމްޕުގައި މިހާތަނަށް މަރުވި 260 މީހުންގެ ތެރެއިން 211 މީހުންނަކީ ކުޑަކުދިންނެވެ.

މުޅި ކޭމްޕުގައި 50 ގައުމަކުން 63،000 މީހުން އެބަތިއްބެވެ.

މައްސަލާގައި ދެބަސް ވުން:

ސީރިއާގެ ރެފިއުޖީ ކޭމްޕުގައި ތިބި މީހުންގެ ވާހަކަ ދެއްކުމުން އެކަމާ ރުޅި އަންނަ މީހުން ވަރަށް ވެސް ގިނައެވެ. ސޯޝަލް މީޑިއަގައި ދެކެވޭ ވާހަކަ ތަކުންވެެސް އެކަން ވަރަށް ބޮޑަށް ސާފެވެ.

އަވަށްޓެރި ސްރީލަންކާގައި އިސްލާމިކް ސްޓޭޓު، އައިއެސް ޖަމާއަތުން ދިން ހަމަލާއެކު "ސީރިއާއަށް ދިޔަ ދިވެހިންނޭ" ބުނުމުންވެސް ގައިން ހީބިހި ނަގާ މީހުން ގިނަވާނެއެވެ.

ނަމަވެސްް އެމީހުންގެ އާއިލާތަކުން ވެސް އެދެނީ ސީރިއާގައި ތިބި ދިވެހިން ކުށްވެރިވާ ނަމަ އެކަމަށް އަދަބު ދީފައި ނަމަވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ. ކުށެއް ކުރުމަކީ އެމީހުންގެ އިންްސާނީ ހައްގުން މަހުރޫމު ވާނެ ކަމެއް ނޫންކަމަށް އާއިލާތަކުން ބުނެއެވެ.

"އެމީހުންނަށް ސަރުކާރުން އަދަބު ދިނަސް ވެސް އެންމެ ރަނގަޅު. އެހެން ނަމަވެސް އެމީހުންނަށް އަޅާ ނުލައި ދޫކޮށްލާފައި އެހެން ބޭތިއްބޭނީ ކިހިނެއްތޯ؟ ކުޑަކުޑަ ތުއްތު ކުދިންވެސް އެބަތިބި،" ސީރިއާގައި ތިބި ދިވެހިންގެ އާއިލާ މީހަކު ބުންޏެވެ.


ރާއްޖޭގައި އެކަށީގެންްވާ ފަރުވާ ދެވިދާނެބާ؟

މީގެ ކުރިން ވެސް މިފަދަ ބައެއް މައްސަލަތަކާ ދިވެހި ސަރުކާރާ ކުރިމަތިވިއެވެ. އެގޮތުން ހިމަންދޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި، ޕާކިސްތާނުގެ ވަޒީރުސްތާނުގައި ތިބި ދިވެހިންގެ ބަޔަކު މާލެ ގެނެސް ޖަލަށްލައި ރިހެބިލިޓޭޓް ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމުގެ ނަތީޖާ އެންމެ ފުރުހަމައެކޭ ނުދެންނެވޭނެއެވެ. ސަބަބަކީ ސަރުކާރުން "ރިހެބިލިޓޭޓް ވެއްޖެ" ކަމަށް ބުނެ ދޫކޮށްލި ބަޔަކު އަނެއްކާވެސް ފުރައިގެން ހަނގުރާމައަށް ގޮސްފައިވާތީއެވެ.

ޒަމާން ބަދަލުވެއްޖެއެވެ. ފަސް އަހަރުން ފަސް އަހަރުން ވެރިކަންވެސް، މަޖިލީސް ވެސް ބަދަލުވެއެވެ. ލޯކަލްް ކައުންސިލްތައްް ވެސް ބަދަލުވެއެވެ. އެތަންތަނުގައި ތިބި މީހުންވެސް ބަދަލުވެއެވެ. ނަމަވެސް އަދިވެސް ހަރުކަށި ފިކުރުގެ މީހުންނަށް ދިމާވާ މައްސަަލަތަކަށް ހައްލު ހޯދައިދޭނެ ރަނގަޅު ގާނޫނީ އޮނިގަނޑެއް ވެސް އަދި އެކަށީގެންވާ މުއައްސަސާތަކެއްވެސް ދިވެހިރާއްޖެއަކު ނެތެވެ.

ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް، އުމްރާނީގޮޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށްގެން ނަމަވެސް، އެއްވެސް ދިވެއްސަކު ހާލުގައި ޖެހިފައި ތިބި ނަމަ އެބަޔަަށް އެހީތެރިކަން ފޯރުކޮށްދިނުން ދިވެހި ދައުލަތުގެ މައްޗަށް ޒިންމާއަކަށް ވާނެއެވެ. ގާނޫނު އަސާސީގައި ވެސް ބުނަނީ އެންމެނަށް ހަމަހަމަވާން ޖެހޭނެކަމަށެވެ.
ހިޔާލު

ވޭސްޓެޑް

ގެންނަން ޖެހޭނެ އަނބުރާ.. ހާލުގަ އުޅޭ އިންސާނަކަށް އެހީވެވެން އޮތިއްޔާ އެހީ ވާންވާނެ

ހުސެން

އެމީހުން ޤަބޫލު ކުރާކުރުންތައް ރާއްޖޭގެ ޝެއިޚުންވެސް ދަރުސްތަކުގައިވެސް ބުނެދޭ ، އެމީހުން ބުނަނީ ރާހަރާމް ، ރިބާހަރާމް، ޑިމޮކްރަސީ އެއީ ﷲ ޝަރީއަތުގެ އިދިކޮޅު މިކަހަލަ ވާހަކަތައް ޝެއިޚުން ވެސް ބުނެދޭ އެހެންވީމަ ޝެއިޚުންވެސް އެއީޓެރަރިސްޓުންތޯ ؟ ނުވަތަ އެއީ ވެސް ހައްދު ފަހަނަ އެޅުންތޯ؟ ޓެރަރިސްޓުވިޔަސް ޖިހާދު ކުރުން އެއީﷲ ގެ އަމުރުފުޅެއް ، އެގޮތުން އެވެސް ހުއްޓެން އޮތްކަމެއްނޫން ޤަބޫލު ނުކުރިޔަސް!
އެންމެންނަށް އޯކޭވާ ގޮތަކަށް ނޫން ރާއްޖޭގެ ވެރިކަން މި ކުރަނީވެސް ދެއްތޯ ؟

Ibrahim Arif Bin Haneef

ނުޖެހޭ އަޅާލާކަށް

އަބްދުﷲ

https://twitter.com/RudawEnglish/status/1125867311347437568?s=19
ލަދެއް ނުގަނޭތަ؟ މިއީ ކާފަރު ޤައުމުތަކުގެ މުސްލިމުންނަށް އެ ޤައުން އަޅާލުން
އެކަމަކު ސައްތައިން ސައްތަ މުސްލިމުން މިތިބީ ގޮތެއްނެތިފައި ކަމަށް ބުނެ ބުނެ

މަޑުއްވަރީ ހުސެންޑޭ

މިރަށުބަޔަކުވެސް ތިތާވެޖެ އެމީހުން ފޮނުވީވެސް ހަމަ މިރަށުބަޔަކު އެމީހުން ފޮނުވިމީހުން އެއުޅެނީ އަނބިދަރިންނާ އެކު އުފަލުގަ ކަމެކޭހީވެސްނުވޭ.

ibrahim saeed1

ޤާނޫނު އަސާސީ ގަވެސް ބުނަނީ އެންމެންނަށް ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ އެއީ ޤާނޫނު އަސާސީ އަށް ތަބާވާނަނައެވެ.

ހަސަނު

އެމީހުން އެތާބޭތިއްބިއަސް އަދި ގެނަޔަސް އަދި މަރުގެއަދަބުދިނަސް، ޖިހާދުކޮށްގެން ވަގުތުން މީހުނަށް ސުވަރުގެއަށް ދެވޭނެއޭ ކިޔައިގެން މީހުން އެތަންތަނަށް ފޮނުވިބައިގަޑު ހަމައެބައުޅޭ. އެމީހުންގެ އެގާބިލްކަންހުރީމަތާ ރާއްޖެއިން އެހާގިނަބަޔަކު ސިކުޑި ދޮވެފަ ވަގުތުން ސުވަރުގެއަށް ދެވެއޭ ކިޔައިގެން އެފޮނުވާލެވުނީ. ޢެމީހުންގެ ފަރާތުން އަހަރުމެންގެ ދަރީންނަށް އެފަދަގޮތެއް ނަހަދާނެކަމުގެ ކޮންޔަގީންކަމެއް އޮތީ. ސީރިޔާށް ގޮސްތިބި ގިނަމީހުނަކީ ކިޔަވައިގެންތިބި މީހުން. ސަރުކާރުންވެސް ނުއުޅޭ މި ޖިހާދަށް ފޮނުވާ ގުރޫޕު ހޯދާކަށް. ދިވެހިރާއްޖޭގަ އޮތް ގައުމަށްނުރައްކާ ގޭންގަކީ އެއީ.

ނައިން

ދިވެހި ދައުލަތުގެ ބާރު ނުހިނގާތާކު ތިބި ބަޔަކު ހަމަހަމަ ކުރާނީ ކިހިނެއް. ﷲ އެމީހުންނަށް ހެޔޮ ރަހުމަތް ލައްވާށި.

އަހްމަދު

މިއީ ކުފުރުގެ ބިމެކޭ ގޮވާފަ ދިޔައީ މިހާރު މިބިމުގައި ކުފުރު ނެތީތޯ

ހަސަނު

ބަލަނޫސް ތަކުގަ ލިޔެބަލަ އެމީހުން ނަށް އެހާލުޖެއްސި ނުބައި ބައިގަޑު އަދިވެސް އުފަލުގަ ރާއްޖޭގަ އެބައުޅޭއޭ. ޢާއްމުރައްޔިރުންނަށް އެއީކޮންބައެއްކަންވެސް އިގޭ. މިބައިގަޑު ކުއްވެރިނުވެ އެމީހުން ކުއްވެރި ވާކަށް ނުޖެހޭ. ހަމަގައިމުވެސް ބައެއްގެ އެހީތެރިކަން ނުލިބި އެހާސިއްރުން އެތަނަކަށް ނުދެވޭނެ. ފުރަތަމަ ބަލަން އެބަޖެހޭ ކިހިނެއް ހިގިކަމެއްތޯވެސް. ބަޔަކުތިއިން މީހެއްގެ އަންހެންދަރިޔަކު އޮޅުވާލައިގެން އެފަދަތަނަކަށް ގެންގޮސްގެން އުޅެނިކޮށް ދަރިޔަކުވެސްލިބި މިހާރުޖެހިފަ އެތިބަ ހާލު ޖެހުނީމަ ދެންވިސްނޭނީ. އެހެންމީހުންގެ ދަރީންނާ ދޭތެރޭގަވެސް ވިސްނަބަލަ. ހަމަ މަންމައަކާ ބައްޕައެއްވާނެ. އެހެންމީހުނަށް ހަމްދަރުދީއެއް ނެތް ނުވިސްނޭމީހުން ހާދަގިނައޭ.

މީހަޤީގަތަކީ

އެއީ ދިވެހިން ވިޔަސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ، އެ މީހުން ރާއްޖޭގެ ރަށްރަށަަށް ގެނެސްގެން އެމީހުންގެ ޤަބޫލުކިރުންތަށް ރާއްޖޭގެ ތެރޭގައި އެމީހުން ފަތުރާނެކަން. ޢެކަމުގެ ސަބަބުން މާދަމާ އެމީހުން އެތިބެ ތަނަށް ދާން މި ރާއްޖެ އިން ދިޔަ މީހުންނަށް ވުރެ ގިނަ މީހުން ނިކުމެދާނެ ކަން. ދެން ސަރުކާރުން އަނެއްކާ އެމީހުން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަން ޖެހޭނީ... މީ ހުއްޓުމެއް އަންނާނެ ކަމެއް ނޫން. އެހެން ނޫނަސް ކަންތައް މިދާ ގޮތުން ޤަބޫލު ކުރެވެނީ ޓެރަރިސްޓުންގެ ތެރޭ އެމީހުން ގެންގުޅެ ތަޖްރިބާ ދިނުމަށްފަހު އަހަރުމެން ލައްވާ އެމީހުން ރާއްޖެ ގެންނަން އުޅެނީވެސް އެމީހުން ހަންފެތުރުމުގެ މަޤްސަދުގައި ކަން. ތިމާގެ މީހުން މަރުވެސް ވޭ. މަދު ބައެއްގެ މަސްލަހަތަށްޓަކައި ރާއްޖޭގެ ގިނަ ބައެއްގެ ހާލަތު ނުރައްކަލަށް ހުށައެޅުން ބުއްދިވެރިތޯ؟

އަލްމާ

"ނަމަވެސް އަދިވެސް ހަރުކަށި ފިކުރުގެ މީހުންނަށް ދިމާވާ މައްސަަލަތަކަށް ހައްލު ހޯދައިދޭނެ ރަނގަޅު ގާނޫނީ އޮނިގަނޑެއް ވެސް އަދި އެކަށީގެންވާ މުއައްސަސާތަކެއްވެސް ދިވެހިރާއްޖެއަކު ނެތެވެ. "

މިހެންތަ ވަނީ؟ ހަރުކަށި މީހުންނާ ހެދި އެހެން މީހުންނަށް މައްސަލަތައް ދިމާވަނީ ހަގީގަތުގަ.

ޙާލީ

ޢެމީހުންވާހަކަ ނުދައްކާ ޢެމީހުން ދިޔައީ އެގޮތައް އުޅެން

ޖަންނަތު

ކޮބާތަ އެތަނައް އެމީހުން ފޮނުވިމީހުން އެމީހުންނައް އެހާލު ޖެއްސިމީހުން ހަމަ ތަނެއްފެންނައިރައް ޖިހާދަށޭ ކިޔާފަގޮސް މިބުނަނި ތީ ކުފުރުގެބިމެކޭ އޭޗެކޭ މީއްޗެކޭ އިންސާނުންގެ ވިސްނުން ވަލުޖަނަވާރުންނާ އެއްހަމަ އަކައް ގޮސްގެންނުވާނެ ޖިހާދުގެ މާތްކަން ކަމަކީ ހިތުހުރިގޮތަކައް އުޅުމެއްނޫން

ޢެެ

ޢެމީހުން އެތަނައް ދިޔައީ ރާއްޖެގެ ދިރިނޫލެވިގެން ތޯ! މިހާރު ދިޔަބޭނުން ނިމުނީ ތޯ،،