Housing Minister Aathifa ge car kolhu saikalehga jehijje
image
ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ދަތުރު ކުރައްވާ ކާރުކޮޅު ސައިކަލެއްގައި ޖެހިފައި -- ފޮޓޯ: ވީނިއުސް
2 ކޮމެންޓް
 

ހައުސިން މިނިސްޓަރުގެ ކާރުކޮޅު ސައިކަލެއްގައި ޖެހިއްޖެ

ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ދަތުރު ކުރައްވާ ކާރުކޮޅާއި ސައިކަލެއް ޖެހި މިއަދު ހެނދުނު މާލޭގައި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު ހެނދުނު 10:00 ހާއިރު ކާނިވާ ސަރަހައްދުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑް ކުރިމަތިން ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ނަމަވެސް މިނިސްޓަރުގެ ކާރުކޮޅަށް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ލިބުނެވެ. މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ ކޮމެންޓެއް އަދި ނުލިބެ އެވެ. އަދި އެކްސިޑެންޓުވީ ވަގުތު ކާރުކޮޅުގައި މިނިސްޓަރު އިންނެވިކަން ސާފެއް ނޫނެވެ.

މިއަދު ހެނދުނު ހުޅުމާލެ ހައިވޭގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގާފަ އެވެ. މާލެ އިން ހުޅުމާލެއަށް ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގެ މެދުގައި ބަހައްޓާފައި ހުރި ޕްލާސްޓިކް ގަސް މުށިތަކުގައި ޖެހިގެން ހިނގި އެ ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

ހިޔާލު

ހަލާކު

މިނިސްޓްރުގެ ތިޔަ ކާރު ދުއްވަނީ ވަރަށް ގޮތްކުޑަކޮށް. އަޅުގަނޑު ނުދަންނަވަން އެއީ މިނިސްޓަރާ ގުޅުން ހުރި ކަމެކޭ. އެކަމަކު، އެއްވެސް ވަރަކަށް ޓްރެފިކަށް ބަލައިލުމެއްނެތި ދުއްވާ ކާރެއް ތިޔައީ. މިހާރު ހުންނާނެ ރާކަނިމަސް ކެވިފައި.

ހުމްސަ

މިހާރު ތީ އެއްވެސް މައްސަލައެއް ނޫން