Current kendunee generator ah dhimaavi massala akaa hedhi, hallukoffin: STELCO
image
ކަރަންޓު ނެތި ހުޅުމާލޭ ކެފޭއެއް މީގެ ކުރިން ހިންގަނީ: ފައިލް ފޮޓޯ ސަން
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ކަރަންޓު ކެނޑުނީ ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން، ހައްލުކޮށްފިން: ސްޓެލްކޯ

ރޭ ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށާއި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ ހުޅުމާލޭގެ އެކި ހިސާބުތަކުން ރޭ ކަރަންޓު ކެނޑުނީ ޖެނެރޭޓަރަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ރޭ ހުޅުމާލެއަށް އަލުން ކަރަންޓު ދިނީ އެ މައްސަލަ ވަގުތުން ހައްލު ކުރުމަށް ފަހުގައި ކަމަށް ސްޓެލްކޯގެ އޮފިޝަލު ވިދާޅުވި އެވެ.

އޭގެ އިތުރުން އޮފިޝަލު ވިދާޅުވީ ރޯދަ މަހަކީ އާއްމުކޮށް ކަރަންޓު ބާރުބޮޑު ދުވަސްވަރެއް ކަމަށާއި ނަމަވެސް ނިމިދިޔަ ހޫނު މޫސުމާއި އަޅާބަލާއިރު މިއަހަރު ކަރަންޓަށް އެހާ ބާރުބޮޑު ނުވާ ކަމަށެވެ.

ހުޅުމާލޭގައި އުޅޭ މީހަކު ބުނީ ރޭ މުޅި ހުޅުމާލޭއިން ކަރަންޓު ކެނޑުނު ކަމަށެވެ. އަދި ކަރަންޓު އަލުން އައީ ގަޑިއިރެއްހާ އިރު ފަހުން ކަމަށް ވެސް އެމީހާ ބުންޏެވެ.
ހިޔާލު