Mi vaguthu emme muhimmee membarun ithuru kurun: PNC
image
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުރަހީމް އަބްދުﷲ ޖަލްސާއެއްގައި -- ފައިލް ފޮޓޯ
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

"ޕީއެންސީ އަށް މިވަގުތު އެންމެ މުހިއްމީ މެންބަރުން އިތުރުކުރުން"

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިވަގުތު އެންމެ މުހިއްމު ކަމަކީ ޕާޓީގެ މެންބަރުން އިތުރު ކުރުން ކަމުގައި އެޕާޓީން ބުނެފި އެވެ.
ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ސީއެންއެމް އަށް ވިދާޅުވީ ރޯދަމަށްފަހު ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް މިހާރު ރޭވުންތައް ރާވަމުންދާ ކަމަށެވެ.

އެގޮތުން ޕީއެންސީގެ ހަތަރު ނައިބު ރައީސުންނާއި ކައުންސިލް މެންބަރުން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ރޯދަމަހުގެ ފަހުން ކުރާނެ ކަންކަމަށް ތައްޔާރުވަމުންދާ ކަމަށް ހީނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު ޕާޓީއަށް އެންމެ މުހިއްމު ކަމަކީ މެންބަރުން އިތުރު ކުރުމެވެ. އެކަން ކުރުމަށްޓަކައި ރޯދަމަސް ނިމުމުން ޕީއެންސީން ރާއްޖެތެރެއަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަމައެއާއި އެކު ފާހަގަކޮށްލަން ބޭނުން، ޕިއެންސީ މިވަގުތު ހަރަކާތްތެރި ވަމުން މި އަންނަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި. އެހެންކަމުން ވަރަށް މުހިންމު އިސްކަމެއްދީގެން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރަށް ފާރަވެރިވެ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން." ހީނާ ވިދާޅުވިއެވެ.

ޕީއެންސީގެ ކޮންގްރެސް ބޭއްބީ އޭޕްރިލް މަހުގެ 26 ގައެވެ. އެޕާޓީގެ ރައީސްގެ މަގާމަށް އައްޔަނުކޮށްފައިވަނީ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކޮށްފައި ވަނީ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާނާއި، މުހައްމަދު ހުސެން ޝަރީފް (މުންދު) އާއި، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ހިޔާލު

އަހައްމާ

ޕީއެންސީގެ އިސްވެރީންނަކީ ދަޢުލަތުން ބޮޑެތި ކަރެޕްޝަން ހިންގައި މުއްސަދިވީ މީހުން ނޫންތޯ ؟ ޕީޕީއެމް އާއި ޕީއެންސީއާ ހުރި ތަފާތަކީ ކޮބައި ތޯ ؟ އަލަ ގަހަކުން ކެޔޮނިރެއް ފަޅާނެ ތޯ ؟