Australia ge 50 Dollar note gai spelling mahsalaeh!
image
ސްޕެލިން މައްސަލަ ޖެހުނު އޮސްޓްރޭލިޔާ 50 ޑޮލަރުގެ ނޫޓް.-- ފޮޓޯ: އާރްބީއޭ
1 ކޮމެންޓް
 

އޮސްޓްރޭލިޔާ 50 ޑޮލަރުގެ ނޫޓުގައި ސްޕެލިން މައްސަލައެއް!

އޮސްޓްރޭލިޔާ އިން އެންމެ ފަހުން ޕްރިންޓް ކުރި އެ ގައުމުގެ އާ 50 ޑޮލަރުގެ ނޫޓުގައި ސްޕެލިން މައްސަލައެއް އޮތުމުން، ގިނަ ބައެއްގެ ފާޑުކިޔުން ރިޒާވް ބޭންކް އޮފް އޮސްޓްރޭލިޔާ (އާރްބީއޭ) އަށް އަމާޒުވެއްޖެ އެވެ.
ފާޑުކިޔުން އަމާޒުވީ އާރްބީއޭ އިން އެންމެ ފަހުން ނެރުނު ރީދޫ ކުލައިގެ 50 ޑޮލަރުގެ ނޫޓުގައި "ރެސްޕޮންސިބިލިޓީ" ލިޔެފައިވާއިރު، އޮޅުމަކުން އެއް އަކުރު ނުލިޔެވި އޮތުމުންނެވެ. އެގޮތުން "responsibility" ގެ ބަދަލުގައި އޮޅިގެން ލިޔެވިފައި އޮތީ "responsibilty" އެވެ.

އާރްބީއޭ އިން ބުނީ އެ މައްސަލަ ފާހަގަ ކުރެވުނު އިރު އޭގެ 46 މިލިޔަން ނޫޓް ސާކިއުލޭޝަނަށް ނެރެ، ބޭނުން ކުރަން ފެށިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާނެތީވެ، އެ މައްސަލަ އާއި އެކުވެ އެ ނޫޓުތައް ބޭނުން ކުރަން ވަނީ ނިންމާފަ އެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ޕްރިންޓް ކުރާ 50 ޑޮލަރުގެ ނޫޓުގައި އެ މައްސަލަ ހައްލު ކުރާނެ ކަމަށް އާރްބީއޭ އިން ބުނެ އެވެ.

އެ ނޫޓްތައް އާންމުކޮށް ބޭނުން ކުރަން ފެށީ މިދިޔަ އަހަރު އެވެ. އެކަމަކު އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް އެކަން ފާހަގަވެ، އާރްބީއޭގެ ސަމާލުކަމަށް އެ މައްސަލަ އައީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށް ވެއެވެ.
ހިޔާލު

ޜޯދި

ސީއެންއެމް ގަވެސް ސްޕެލިން މައްސަލަ!