TV actress Charu anna mahu kaiveni kuranee
image
ޗާރޫ އާއި ރަޖީވް---
1 ކޮމެންޓް
 

ޓީވީ އެކްޓަރެސް ޗާރޫ އަންނަ މަހު ކައިވެނި ކުރަނީ

ޓީވީ އެކްޓަރެސް ޗާރޫ އަސޯޕާ، ސުޝްމީތާ ސެންގެ ބޭބެ ރަޖީވް ސެން އާ އަންނަ މަހު ކައިވެނި ކުރަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ،
ޗާރޫ އާއި ރަޖީވް ލޯބީގެ ގޮތުން ގުޅިފައިވާކަން ރަސްމީކޮށް އިއުލާނު ކޮށްފައިވަނީ އިންސްޓަގުރާމު މެދުވެރިކޮށެވެ. ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމަށް ސުޝްމީތާ ވަނީ އިންސްޓަގުރާމު މެދުވެރިކޮށް ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެދެމީހުން އެންގޭޖްމެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 14 ގައެވެ. އަދި އެދެމީހުން ކައިވެނި ކުރަނީ އަންނަ މަހު 16 ވަނަ ދުވަހު ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، ޗާރު އާއި ރަޖީވް ކައިވެނިކުރާނެ ތާރިހެއް އެދެމީހުން އަދި ސުޝްމީތާ ވެސް ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު މިހާރު ތިބީ އެދެމީހުން ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ޗާރު ވަނީ ގިނަ މަޝްހޫރު ޓިވީ ޝޯތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "މެރީ އަންގްނޭ މޭ" އާއި "ޖީޖީ މާ" އާއި "ބާލް ވީރް" އާއި "ބަޅޭ އައްޗޭ ލަގްތޭހޭ" އަދި "އަމްރިތު މަންތަން" ހިމެނެއެވެ. އޭނާ މިހާރު އަންނަނީ ކަސްތޫރީގެ ރޯލުން ކަރްން ސަންގިނީ ގައި މަސައްކަތް ކުރަމުންނެވެ.
ހިޔާލު

މަ

ވަރަށް ފޫހި