Ministryge engumah belumeh nethi bilehdhoo vevu kone naganee!
image
ބިލެއްދޫގައި ކޮންނަމުން އަންނަ ވެވު: ފޮޓޯ ޓުވިޓަރ
ގުފްތަގު އަޖީރު
7 ކޮމެންޓް
 

މިނިސްޓްރީގެ އެންގުމަށް ބެލުމެއްނެތި ބިލެއްދޫ ވެވު ކޮނެ ނަގަނީ!

މާހިރުންގެ އެހީތެރިކަން ނުހޯދައި ވެވު ނުކޮނުމަށް އެންގުމުންވެސް އެކަމަށް ބެލުމެއްނެތި ފ. ބިލެއްދޫ މީހުން އިހު ޒަމާނުގައި ބޭނުންކުރި ވެވެއް ކޮންމަމުން އަންނަކަން ހާމަވެއްޖެއެވެ.
ހެރިޓޭޖުގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު ވިދާޅުވީ ބިލެއްދޫގައި ވެވު ކޮންނަމުން އަންނަކަމުގެ މައުލޫމާތު ހެރިޓޭޖަށް ލިބުނީ އިއްޔެ ސޯޝަލް މީޑިއާ މެދުވެރިކޮށްކަމަށެވެ. އަދި ވެވު ކޮނުމުގެ މަސައްކަތް ހުއްޓާލުމަށް އެދި ކައުންސިލުގައިި ސިޓީއަކުން އެދިފައިވާނޭކަމަށެވެ. ނަމަވެސް އަދިވެސް ވެވު ކޮނުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް މައުލޫމާތު ލިބޭކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ކައުންސިލުގެ ފަރާުތުން ބަހެއް ނުލިބޭ. ކުރިން ކޮނުނީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން. ނަމަވެސް އެކްސްކަވޭޓަރުން އެތަން ކޮނުން ހުއްޓާލިކަމަށް މައުލޫމާތު ލިބޭ. އެހެން ނަމަވެސް އެކްސްކަވެޓަރު ބޭނުން ނުކުރި ނަމަވެސް އަދިވެސް ކޮނުމުގެ މަސައްކަތް ކުރިއަށްދާކަމަށް މައުލޫމާތު ލިބެނީ. ކައުންސިލުން އަދިވެސް އަޅުގަނޑުމެންނަށް ރަސްމީ ސިފައެއްގައި އެއްވެސް ކަމެއް ނާންގާ،" ހަސަން މުހައްމަދު ވިދާޅުވިއެވެ.

މި މައްސަލައިގައި ހެރިޓޭޖުގެ ރިސާޗު އެނަލިސްޓު، އަލާ ދީދީ ވިދާޅުވީ، ބިލެއްދޫގައި ހުރި ކަމަށް ފެންނަ ވެވަކީ ވަށް ވެވެއް ކަމަށެވެ. އަދި އެއީ އެންމެ އިހު ޒިމާނުގައި ބޭނުންކުރި ވައްތަރުގެ ވެވެއްކަމަށެވެ. އަދި އެތަން މާހިރުން މެދުވެރި ނުކޮށް ކޮނެގެން އެތަނަށް ގެއްލުން ވެދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

"ރައްރަށުގައި ހުންނަ އެކަހަލަ ތަންތަން މީހުންނަށް ފެންނާނެ ގޮތް ހެދުމަކީ މައްސަލައެއް ނޫން. އެހެން ވިއަސް ހައިމާކު ފަދަ އެއްޗެހި ބޭނުންކޮށްގެން ކޮނުމަކީ ދެރަކަމެއް. އެކަމުގެ މާހިރުންގެ ލަފާ ނުހޯދައި ކޮނުމަކީ ވަރަށް ދެރަކަމެއް،" އަލާ ދީދީ ވިދާޅުވިއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ވަނީ ޓުވީޓު ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ "ރަށެއްގައި ހުންނަ އާސާރީ ތަންތަނަކީ އެ ރަށެއްގެ ރައްޔިިތުންގެ މިލްކެއް.އެ ފަދަ ތަންތަން ހަލާކު ކުރުމަކީ ނުވަތަ ގެއްލުން ދިިނުމަކީ ޤާނޫނީ ކުށެއް. މި ފަދަ ކަންކަން ނުކުރެއްވުމަށް އިިލްތިމާސް ކުރަން" ކަމަށެވެ.



ވެވަކީ އިހުޒަމާނުގައި ފެން ވަރަން ބޭނުންކުރި އެއްޗެކެވެ.

ބިލެއްދޫ ކައުންސިލާއި ސީއެންއެމްއިން ގުޅުމުން ވަނީ އެރަށުގައި ވެވު ކޮންނަމުން ދާ ވާހަކަ ދޮގު ކޮށްފައެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ކައުންސިލުގެ އިސްނެގުމުގެ މަތިން އަދިވެސް އަންނީ ވެވު ކޮންނަމުންނެވެ. އެ ވެވަކީ އެެރަށުގައި ލޯކަލް ޓޫރިޒަމް ފާށާއިރު ޓޫރިސްޓު އެޓްރެކްޝަނެއްގެ ގޮތުގައި ބޭނުން ކުރުމަށް ކޮންނަ ވެވެއްކަމަށް މައުލޫމާތުލިބެއެވެ.
ހިޔާލު

ބަކުރޭ

އަނގަ ތަޅަ ތަޅަ ތިބޭ. ވެވު ކޮނެ ނިމިއްޖެ. މިހާރު އެ ވެވު އެއޮތީ ހާމައަށް ފެންނަން......

ރޯނު އެދުރު

ޒިންމާ އަދާނުކޮށް މިއޮއްހާދުވަހު ތިބެފަ ބަޔަކު ކުރަންފެށީމަ މަޑުން ބަލަންތިބީމަ މާތާހިރުވާނެ. ބިމުގެ އަޑީގަ ވީރާނާވެގެންދާން ދޫކޮށްލާފަ ހުރިހާދުވަހު ތިޔަމާހިރުންތައްކޮބާ.

ޢަލީ

މާލޭބޭފުޅުންނާ ކަބަލުނަން ހަޖަމް ނުވާނެ ރާއްޖެތެރޭގަ މިކަހަލަ އެއްޗެއް ހުންނާކަށް

އިބްރާހީމް

ހަމަ ކޮންނަންވީ، ތި ހެރިޓޭޖު މީހުން ހީވާނީ ބަޔަކު ކަމެއް ކުރާނަމަ ދެފަޔަށް ހިނި އަރަިގެން އުޅޭހެން އެކަމު ދުވަހަކު އެމީހުން އިސްނަގައިގެން މިފަދަ ކަމެއް ނުކުރާނެ އެހެން ބަޔަކު ކުރިޔަވެސް ނުދޭ މީ ހަޤީގަތް މިޔަށް ރައްދުދޭކަށް ނުކެރޭނެ ހެރިޓޭޖު މީހުންނަކަށް، މީ އިސްދޫ މީހެއް މިފަދަ ކަމެއްގަ ވަރަށް އުޅެފިން ހުއްދަވެސް ނުދިން.

ޒުވާރި

ރަށެއްގައި ވަޅުލާފައިހުރި ވެވެއް ކޮނެ ނެގުމަކީ އެއީ އެތަން ހަލާކުކުރުމެއްނޫން. ތިޔަ މިނިސްޓްރީއިން އެކަން ނުކުރީ ކީއްވެތޯ. ކަޅުވަކަރު މިސްކިތްނޫންތަނެއް ރާއްޖޭގައި ހުރިކަމެއް އެނގޭތޯ؟

ކޮސްބީ

އެރަށު ވެވު އެރަށު ރައްޔެތުން ކޮނުމަކީ އެއްވެސް މައްސަލައެއްނޫން އެކޮންނާކައް ބަޔަކު ގާތު އަހަންޖެހޭ ވަރުކަމެއްނޫން

ޥަހީދު

ޢާލާ ދީދީ ރ.ކިނޮޅަހަށް ގޮސް އެތަން ކޮނެ ނެގީ ކޮން މާހިރަކު ގޮވައިގެން؟ މާހިރު ހެދިފަ ތިމާ ހުރޭ.. ބިލެއްދޫ މީހުން ކޮނެ ނިންމާލާނެ..