Dhe haramuge beleniveri Salman bin Abdulaziz Al Saud
image
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިސްލާމީ ލީޑަރުންގެ ދެ ވަނަ: ސަލްމާން ބިން އަބްުދުލް އަޒީޒް
ގުފްތަގު އަޖީރު
4 ކޮމެންޓް
 

އެންމެ ނުފޫޒުގަދަ އިސްލާމީ ލީޑަރުންގެ ތެރެއިން: ސަލްމާން ބިން އަބްދުލް އަޒީޒް

ސައުދީ އުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްުުދުލް އަޒީޒަކީ "ދަ ރޯޔަލް އިސްލާމިކް ސްޓެޓެޖިކް ސެންޓަރުގެ" "ވޯލްޑްސް 500 މޮސްޓު އިންފުލުއެންޝަލް މުސްލިމް، 2019" ނަމުގައި ނެރެފައިވާ ރިޕޯޓުގައި ދުނިޔޭގައި ދެވަނައަށް އެންމެ ނުފޫޒުގަދަ އިސްލާމީ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތެެވެ. 
ދެ ހަރަމުގެ ބެލެނިވެރިޔާގެ ގޮތުގައި މަޝްހޫރު ސަލްމާން ބިން އަބްުދުލް އަޒީޒް ސައުދީ އަރަވިއްޔާގެ ރަސްކާމާ ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެއީ ކުރީގެ ރަސްްގެފާނު އަބްދުﷲ ބިން އަބްުދުލް އަޒީޒް އަވަހާރަ ވުމާ ގުޅިގެންނެވެ. ރަސްގެފާނު އަބްދުލް އަޒީޒު ކުރައުން ޕްރިންސް އަށް ވެ ވަޑައިގަތީ 2012 ވަނަ އަހަރުގެ އެވެ. 

ސަލްމާން އަކީ ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ އޭނާއަކީ އެތައް މިލިން މުސްލިމުނެއް ކޮންމެ އަހަރަކު ޒިޔާރަތްްކުރާ މާތް ދެ ސިޓީ ކަމުގައިވާ މައްކާއާއި މަދީނާގެ ވެރިއާއެވެ. ދެވަނަ ސަބަބަކީ ސައުދީ އަކީ ތެޔޮ އެކްްސްޕޯޓު ކުރުމުގައި ދުނިޔޭގައި ނަން މަޝްްހޫރު ގައުމެކެވެ. ތިން ވަނަ ސަބަބަކީ ސައުދަކީ ސައުދީއަރަބިއްޔާގެ "ދައުވާ ނެޓްވޯކް" ގެ އެންމެ އިސްވެރިއާއެވެ. މި ނެޓުވޯކުން ނިންމާ ކަންކަމުގެ އަސަރު ހުރިހާ މުސްލިމު ގައުމަކަށް ކުރެއެވެ. 

ކުރީގެ ދިރިއުޅުން:

ސަލްމާން އުފަންވެ ވަޑައިގަތީ 31 ޑިސެންބަރު 1963 ގައެވެ. ސަލްމާން ކިޔަވާ ވިދާޅުވީ ސައުދީ އަރަބިއްޔާގެ "ވަލީ އަހުދުންގެ މަދަރުސާއިން" އިން ނެވެ. މި ސްކޫލަކީ ރަސްކަމުގެ އާއިލާއަށް ކިޔަވައިދިނުމަށް ހާއްސަކޮށް އިބުނު ސައުދު އުފައްދަވާފައިވާ މަދަރުސާއެކެވެ. 

ރިޔާދުގެ ގަަވަރުނަރުކަން: 

ސަލްމާން ރިޔާދުގެ ޑެޕިއުޓީ ގަވަރުނަަރަކަށް  1954 ވަނަ އަހަރު ވެ ވަޑައިގެންނެވިއިރު އުމުރުފުޅަކީ 19 އަހަރެވެ. ޑެޕިއުޓީ ގަވަރުނަރުކަމުގައި ހުންނަވައިގެން ސައުދީ ދައުލަތަށް ގިނަ ހިިދުމަތްތަަކެއް ކުރެއްވިއެވެ. 

ޑެޕިއުޓީއަކުން ގަވަރުނަރުކަމުގެ މަގާމަށް ޕްރޮމޯޓުވެ ވަޑައިގަތީ، 4 ފެބުރުއަރީ 1963 ގައެވެ. ގަވަރުނަރު ކަމުގެ މަގާމުގައި 50 އަހަރު ހޭދަކުރެއްވިއެވެ. އެ ދުވަސްވަރު، މަޒުހަބު ތަކުގެ މެދުގައި އުފެދޭ ހިލާފުވުންތައް ކުޑަކުރުމާ، ތަފާތު ސަގާފަތްތަކުގެ މައްޗަށް އެކުލެވިގެންވާ ގުރޫޕުތަކުގެ މެދުގައި ސުލްހަ އުފެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ސައުދީގެ ޕޮލިސީތައް އެކުލަވާލުމުގައި ވެސްް މަސައްކަތްތަކެއް ކުރެއްވިއެވެ. 

ދެހާސް އެގާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަލްމާން  ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަމާއި، މިނިސްޓާ އޮފް ޑިފެންސް ގެ މަގާމަށް އައްޔަނުކުރެވުނެވެ. އެއާއެކު ގަވަރުނަރުކަމުން އިސްތިއުފާ ދެއްވިއެވެ. 

ވަލީ އަހުދުކަން:

ސައުދީގެ ވަލީ އަހުދުންކަމަށް ސަލްމާން އައްޔަނު ކުރެވުނީ 2012 ވަނަ އަހަރުގެ ޖޫން މަހު އެވެ. ވަލީ އަހުދު ކަމުގެ އިތުރުން ޕްރައިމް މިނިސްޓަރުކަން ވެސް ސަލްމާނަށް އެރުވުނެވެ. ވަލީ އަހުދުކަމުގެ މަގާމުގައި ހުންނަވައިގެން ސަލްމާން ބޮޑަށް އަމާރު ކުރެއްވީ ސިޔާސީ ބަދަލަށްވުރެ އިގްތިސާދީ ބަދަލުތަކަށެވެ. 

ތަހުތައް އިސްވުން: 

ސަލްމާން ސައުދީގެ ރަސްްކަމާ ހަވާލުވެ ވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. މިގޮތުން ކުރިން އެގައުމުގައި އޮތް ހަތް ވުޒާރާ އުވާލައްވައި ދެ ވުޒާރާ  އުފެއްދެވިއެވެ. އެއީ "ކައުންސިލް އޮފް ޕޮލިޓިކަލް އެންޑް ސެކިއުރިޓީ އެފެއާޒް، ސީޕީއެސްއޭ " އާއި "ކައުންސިލް ފޯ އެކޮނޮމިކް ޑެވެލޮޕްމަންޓު އެފެއާޒް، ސީއީޑީއޭ" އެވެ. 

ސީޕީއެސްއޭ ހަވާލުކުރެއްވީ، ޑެޕިއުޓީ ކްރައުން ޕްރިންސް މުހަމައްދު ބިން ނާއިފް އާއެވެ. ސީއީޑީއޭ ހަވާލުކުރެއްވީ، ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއެވެ. 

ޒާތީ ދިރިއުޅުންް: 

ސަލްމާން ތިން ކައިވެނި ބައްލަވައިގަތެވެ. އަދި 13 ދަރިކަލުން ލިބިވަޑައިގަތެވެ.  ފުރަތަމަ ކައިވެނި ބައްލަވައިގަތީ ސުލްތާނާ ބިން ތުރްކީ އަލް ސައުޑަރީ އާއެވެ. އެކަމަނާ އަވަހާރަވީ 2011 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ސުލްތާނާ އަކީ ސަލްމާންއާއި ދެބޭންގެ ދެ ދަރި ބޭފުޅެކެވެ. 

ފުރަތަމަ ކައިވެއްންޏަށް ލިބި ވަޑައިގަތް ބޭފުޅުންނަކީ، ފަހުދު، ސުލްތާން، އަހުމަދު، އަބްދުލް އަޒީޒް،ފައިސަލް އަދި ހައްސާއެވެ. 

ފަހުދުގެ އެންމެ ފުރަަތަމަ ދަރިކަލުން ފަހުދު ބިން ސަލްމާން އާއި ތިން ވަނަ ދަރިކަލުން އަހުމަދު ބިން ސަލްމާންއާއި ދެބޭފުޅުންވަނީ 2001 އަދި 2002 ވަނަ އަހަރު އަވަހާރަވެފައެވެ. ދެ ބޭފުޅުން ވެސް އަވަހާރަވީ ހިތުގެ އާލާސްކަންފުޅެއްގަ އެވެ. 

ފުރަތަމަ ކައިވެންޏަށް ލިބި ވަޑައިގެން ސުލްތާން ބިން ސަލްމާއަކީ އެންމެ ފުރަތަމަ ދުނިޔެއިން ބޭރަށް ވަޑައިގެންނެވި ވަލީ އަހުދެވެ. ސުލްްތާން ވަނީ "ޑިސްކަވަރީ" ގައި 1985 ވަނަ އަހަރު ދުުނިޔެއިން ބޭރަށް ވަޑައިގަންނަވާފައެވެ. 

ސަލްމާން ދެވަނަ ކައިވެނި ބައްލަވައިގަތީ ސަރާ ބިންތި ފައިސަލް އަލް ސުބައިއާ އެވެ. މިހާރު އެކަމަނާ ހުންނެވީ ވަރި ކުރައްވާފައެވެ. އެކަމަނާއަށް ދަރިކަލު ވެސް ލިބިވަޑައިއެއް ނުގަންނަވަ އެވެ. 

ތިންވަނަ ކައިވެނި ކުރެއްވީ، ފަހުދާ ބިންތި ފަލަލާހް ބިން ސުލްތާން އަލް ހާތިލީން އާއެކެވެ. އެކަމަނާއަށް ލިބިވަޑައިގަތް ބޭފުޅުންނަކީ، މުހައްމަދު، ތުރްކީ، ހާލިދު، ނާއިފް، ބަންޑަރު އަދި ރަކަން އެވެ. 

ސައުދީގެ ވަލީ އަހު މުހައްމަދު ބިން ސަލްމާން އަކީ މި ބަނޑުގެ ބޭފުޅެކެެވެ. މުހައްމަދު ބިން ސަލްމާން ވަލީއަހުދުގެ މަގާމަށް އިސްކުރެވުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. 

މަގާމުތަކަށް ގެންނެވި މުހިންމު ބަދަލުތައް: 

މިގޮތުން ސަލްމާން ވަނީ ސައުދީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަރިއެއް ނޫން ބޭފުޅަކަށް ވަލީ އަހުދުކަން ދެއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވަލީ އަހުދުކަން އެރުވި ބޭފުޅަކީ މުހައްމަދު ބިން ނާއިފްއެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ބައިބައިވުން އުފެދިދާނެކަމަށް ފެނިވަޑައިގެން، އަމިއްލަ ދަރިކަލުން މުހައްމަދަށް ވަލީ އަހުދުކަން އެރުވިއެވެ. ގެންނެވި މުހިންމު ތާރީހީ ބަދަލުތައް: 

ވާލީއަހުދުގެ މަގާމަށް މުހައްމަދު ބިން ސަލްމާން އައްޔަނު ކުރެވުނު ފަހުން ސައުދީއަށް ވަނީ ތާރީހީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ސައުދީ އަންހެނުނަށް ވެހިކަލު ދުއްވުމުގެ ހުއްދަ ދިނުމާ ސައުދީގައި ސިނަމާތައް ހުޅުވުން ހިމެނެއެވެ. އަދި ބޭރުގެ އިންވެސްޓުމަންޓުތައް ސައުދީއަށް ގެނެސްފައިވެއެވެ. 


ޔަމަނު ހަނގުރާމައާއި އިންސާނީ ހައްގުަތަކުގެ މައްސަލަތައް: 

ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހު ސަލްމާން ވަނީ ނުވަ ގައުމެއްގެ ކޯލިޝަންއާއެކު، ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އދ އިން ޔަމަނުގެ ހާލަތު ބަޔާން ކޮށް 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ސައުދީ ކޯލިޝަނުން ކުރަމުން އަންނަ ލާއިންސަނީ އަމަލުތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އާންމުންނަށް ހަމަލާ ދިނުމާ، ރެފއުޖީ ކޭމްޕުތަކަށް ހަމަލާ ދިނުމާ، ފެކްޓްރީތަކަށް ހަމަލާ ދީފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން، ކައިވެނީގެ ހަފުލާތަކާއި، އާންމުން ދުއްވާ ކާރާއި ބަސް ފަދަ ތަކެއްޗަށް ވަނީ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ކުޑަކުދިން މަރުވަމުން އަންނާތީ 2016 ވަނަ އަހަރު އދ އިން ވަނީ ސައުދީ އަރަބިއްޔާ "ކުޑަކުދިންގެ ހައްގުަތަކަށް އަރައިގަންނަ ގައުމުތަކުގެ ބްްލެކްލިސްޓަށް" ވެސް އަރުވާފައެވެ. ނަމަވެސް ފަހުން ވަނީ އެ ލިސްޓުން ސައުދީ ނަގާފައެވެ. 


މީގެ އިތުރުން ސައިދީން ވަނީ ވައިޓް ފޮސްފަރަސް ބޭނުންކޮށްގެން ޔަމަނަށް ހަމަލާ ވެސް ދީފައެވެ. ބައިން އަގުވާމީ ގަނޫނުތަކުން ވައިޓް ފޮސް ފަރަސް ބޭނުންކުރުމަކީ މަނާކަމެކެވެ.

ނޫސްވެރިޔާ ޖަމާލް ހާޝޮގީ މަރާލުން: 

"ވޮޝިންޓަން ޕޯސްޓުގެ ބްލޮގަަރު" އަދި ސައުދީގެ ނޫސްވެރިޔާ ޖަމާލް އަހުމަދު ހާޝޮގީ މަރާލާފައިވަނީ 2 އޮކްޓޫބަރު 2018 ވަނަ ދުވަހުއެވެ. ހިޝޯގީގެ މަރުގެ ތުހުމަތުގެ އިނގިލި ދިއްކުރެވޭ ގައުމަކީ ސައުދީ އަރަބިއްޔާއެވެ. އޭނާ މަރާލާފައިވަނީ އިސްތަންބޫލްގައި ހުންނަ ސައުދީގެ އެންބަސީ/ކޮންސިއުލޭޓުގައެވެ. އޭނާ ވަނީ ކަރަންޓު ކީހަކުން ކުދި ކުދިކޮށް ކޮށާލާފައެވެ. 

ހާޝޮގީ އަކީ ސައުދީގެ ވަލީ އަހުދު މުހަމަދު ބިން ސަލްމާންއާއި ސައުދީގެ ޝާހީ އާއިލާ އަށް ވަރަށް ބޮޑަށް ނޫސްތަކުގައި ފާޑުކީ މީހެކެވެ. 

އާލާސްކަންފުޅު: 

އުމުރުން 82 އަހަރުފުޅުގެ ސަލްމާން ފަހަކަށް އައިސް އުޅުއްވަނީ ވަރަށް ބޮޑު އާލާސްކަންފުޅެއްގައެވެ. އެގޮތުން ނޭވާ ކުރުވުމާއި، ބޯއެނބުރުން ފަދަ މައްސަލަތައް ސަލްމާންއަށް  ދިމާވެފައިވާކަަށް ރިޕޯޓުތައް ބުނެއެވެ. މި އާލާސްކަންފުޅު ބޮޑުވާ ބައެއް ފަހަރު ވާހަކަ ދައްކަން ދަތިފުޅުވުން ފަދަ މައްސަލަތައް ކުރިމަތި ވާތީ ބައެއް ހަފުލާތަކަށް ވެސް މިހާރު ވަޑައި ނުގަންނަވައެވެ.
މީހުން ރޯދަމަސް
ހިޔާލު

އަސްލީމް

ކޮން ނުފޫޒެއް ގަދަވެގެން ކޮން ކަމެއް ކުރެވުނީ.. ފަލަސްތީނުގެ މައްސަލަ ހައްލު ކުރެވިއްޖެތަ.. ސަރަހައްދީ ގުޅުންތައް ރަނގަޅު ކުރެވުނުތަ.. ކަޝޯގީގެ މައްސަލާގަ އެމްބީއެސް އައް އެކަށީގެންވާ އުގޫބަތް ދެވުނުތަ.. ތެލައް ބަރޯސާ ވާ މިންވަރު ކުޑަ ކުރެވިއްޖެތަ.. އިސްލާމީ ދުނިޔޭގެ އާރާއި ބާރު ގަދަކުރެވިއްޖެތަ.. ރޮހިންގިޔާ މުސްލިމުންނައް އެހީ ވެވުނުތަ..

ލަކީ

ނޫސް ވެރިންވެސް ތަންކޮޅެއް ލޯހުޅުވަން ވެއްޖެ

މުރުށިދު

ސަލްމާން އުފަންވެ ވަޑައިގަތީ 31 ޑިސެންބަރު 1963 ސަލްމާން ރިޔާދުގެ ޑެޕިއުޓީ ގަވަރުނަަރަކަށް 1954 ވަނަ އަހަރު ވެ ވަޑައިގެންނެވިއެވެ.

އިސްލާމް

ތިޔައީ ކިތަންމެ ނުފޫޒުގަދަ ރަސްކަލަކަށްވިއަސް މަށެއް ސަލްމާނާ އޭނަގެ ދަރިއަށް ކުޑަވެސް އިހްތިރާމެއް ނުކުރާނަން. ޔަމަނުގެ މުސްލިމުން މަރާ ފަލަސްތީނަށް ދަތިކޮށް އިޒްރޭލަށް ވާގިވެރިވާ ގައްދާރުންތީ. ޔާﷲ ސަލްމާނާ އޭނާގެ ދަރިގެ ވެރިކަން ގެންދަވާ އިބަރަސްކަލާންގެ ހަސުރަތުން މުސްލިމުންނަށް ވާގިވެރިވާނެ ވެރިއަކު އެބިމުން ނެރުއްވާންދޭވެ! ޢަދި ﷲ ގެ ދީން އިއްޒައްތެރިކުރައްވާ ކާފަރުން ބަލިކުރައްވާންދޭވެ!