Fathuruverikan bahtan kuraane lafa aa hiyaalu hodhumah tourism minister L. atholhah
image
ޓޫރިޒަމް މިނިސްޓަރު އަލީވަހީދު އަދި ގަމު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ވިސާމް، ލ. ގަމު ހަވިއްތަ މަތީގައި:--
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ފަތުރުވެރިކަން ބައްޓަން ކުރާނެ ލަފާއާއި ހިޔާލު ހޯދުމަށް ޓޫރިޒަމް މިނިސްޓަރު ލ. އަތޮޅަށް

ފަތުރުވެރިކަން ބައްޓަން ކުރާނެ ލަފާއާއި ހިޔާލު ހޯދެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ލ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ޓޫރިޒަމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދަތުރުފުޅަކީ މީހުން ދިިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ދަތިތައް ބެލުމަށާ، އެ ރަށްތަކުގައި ގެސްޓުހައުސް ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ސިޓީ ކައުންސިލްތައް އަދި މި ވިޔަފާރީގެ އެންމެހާ މަސްލަހަތްތެރިންނާ ބައްދަލު ކުރެއްވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިނިސްޓަރު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެެެރެއިން ދަތުރެއްކަމަށެވެ.

މި ދަތުރު ފުޅުގައި ގަމު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ވިސާމާއި ވެސް މިނިސްޓަރު ބައްދަލުކުރައްވައި، އޭނާގެ ހިޔާލު ވެސް ހޯއްދެވިއެވެ. މިނިސްޓަރު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މި މަހު 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް ކަމަށެވެ. މި ދަތުރު ފުޅުގައި އެއަތޮޅުގެ، ގަން، ބަރެސްދޫ، ފޮނަދޫ އަދި ކައްދޫއަށް މިިނިސްޓަރު ވަޑައިގަންނަވާނެއެވެ.
ހިޔާލު

އިސްދޫ

ލ. އަތޮޅަކީ ހަމައެކަނި ގަން ފޮނަދުވެއްނޫން