Kim ah hatharu vana dhariaku libihje
image
ކިމް އާއި އޭނާގެ އާއިލާ--
0 ކޮމެންޓް
 

ކިމްއަށް ހަތަރުވަނަ ދަރިއަކު ލިބިއްޖެ

ސަރޮގެސީ މެދުވެރިކޮށް ހަތަރު ވަނަ ދަރިފުޅު ލިބުނުކަން ކިމް ކަށަވަރުކޮށްދިނީ ޓްވީޓާ މެދުވެރިކޮށެވެ. އަދި ލިބުނީ ފިރިހެން ކުއްޖެއްކަން އިއުލާނުކޮށް އޭނާ ވަނީ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައެވެ. 
މިހާތަނަށް ކުއްޖާގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައި ނުވާއިރު ކިމް ފާހަގަކުރެވިފައި ވަނީ ދަރިންނަށް އާދަޔާ ހިލާފު ތަފާތު ނަންތައް ދޭ ތަރިއެއްގެ ގޮތުގައެވެ. އެހެންކަމުން މިފަހަރު ލިބުނު ދަރިއަށް ކިޔާނީ ކޮން ކަހަލަ ނަމެއްކަމެއް ވެސް ބުނެދޭކަށް ނޭނގެއެވެ. 

މިއުޒިޝަން ކަންޔޭ ވެސްޓާ ކައިވެނިކޮށްގެން އުޅޭ ކިމް ސަރޮގޭޓްކޮށްގެން ދަރިއަކު ހޯދި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިދިޔަ އަހަރު އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ޝިކާގޯ ލިބުނުއިރު އެކުއްޖާއަކީ ވެސް ސަރޮގެސީ މެދުވެރިކޮށް ހޯދި ކުއްޖެކެވެ.  


 

  

 


View this post on Instagram


  

 

  

  

 

 Morning ✨


A post shared by Kim Kardashian West (@kimkardashian) on"> 


 

  

 


View this post on Instagram


  

 

  

  

 

 Morning ✨


A post shared by Kim Kardashian West (@kimkardashian) on

އެކަމަކު ކިމް ވަނީ 
ބަލިވެ އިނދެ ދެ ކުދިން ވިހައިފައެވެ. އެއީ އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅު ނޯތު ވެސްޓް އަދި ދެ ވަނަ ދަރިފުޅު ސެއިންޓް ވެސްޓެވެ. ރިޕޯޓުތައް ބުނާ ގޮތުން ސަރޮގެސީ މެދުވެރިކޮށް ކިމް ދަރިން ހޯދަނީ އޭނާގެ ރަހިމަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން، ބަލިވެ ނީންނަން ޑޮކްޓަރުން ލަފާ ދީފައިވާތީއެވެ.
ހިޔާލު