"Dhivehsaku Dhekunu Indiagai" aamukoh nukuraanee konkameh, nudhaanee kon thaakah?
image
"ދިވެއްސަކު ދެކުނު އިންޑާގައި": ޕްރޮގްރާމުގެ ޝޫޓިންގެ ތެރެއިން: ފޮޓޯ ސަމްހާން ހަމީދު
ގުފްތަގު އަޖީރު
0 ކޮމެންޓް
 

"ދިވެއްސަކު ދެކުނު އިންޑިއާގައި" އާއްމުކޮށް ނުކުރާނީ ކޮންކަމެއް، ނުދާނީ ކޮންތާކަށް؟

ދިވެހިންނަށް ދެކުނު އިންޑިއާ ފަރިތައެވެ. އެކަމަކު ކިހާވަރަކަށް ތޯ؟ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.  
"ދިވެއްސަކު ދެކުނު އިންޑިއާގައި" އާންމުކޮށް ނުކުރާނީ ކީއްހެއްޔެވެ؟ އާންމުކޮށް ނުދާނީ ކޮންތާކަށްހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު މި ރޯދަ މަހު "ޓެލެވިޒަން މޯލްޑިވިސް، ޓީވީއެމް" އިން ޖަވާބު ދޭނެ އެވެ.  

ދެކުނު އިންޑިއާއަކީ ދިވެހިންނަށް ފަރިތަތަނެއް ނަމަވެސް ޓީވީއެމް އިން މި ރޯދަމަހު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވާ ޕްރޮގްރާމް "ދިވެއްސަކު ދެކުނު އިންޑިއާގައި" ބެލުންތެރިން އާޝޯހު ކޮށްލާނެކަން ޔަގީނެވެ. ސަބަބަކީ މި ޕްރޮގްރާމުގެ ޕްރޮޑަކްޝަން ޓީމަކީ އާދައިގެ ބައެއް ނޫނެވެ. 

މި ޕްރޮގްރާމަކީ އިންޑިއާގައި 11  ދުވަސް ހޭދަކޮށްގެން ނަގާފައިވާ ޕްރޮގްރާމެކެވެ. 11 ދުވަހުގެ ތެރޭގައި "ދެކުނު އިންޑިއާގެ" ހުޅަނގުން އިރަށް 1000 ކިލޯމީޓަރު ދަތުރު ކުރިކަމަށް ޕްރޮގްރާމުގެ ޕްރޮޑިއުސަރު ސަމްހާން ހަމީދު (ސޭމް) ބުނެއެވެ. 

"ދެކުނު އިންޑިއާއަކީ ދިވެހިންނާ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ތަނެއް. އަދި ދިވެހިންނާ ވަރަށް ތަފާތު ކަންތައްތަކެއް ވެސް ހުރިތަނެއް. މި ޕްރޮގްރާމުން މި ދެބައި ވެސް ފެންނާނެ،" ސޭމް ބުންޏެވެ. އޭނާ ބުނީ ޕްރޮގްރާމުގައި އިންޑިއާގެ ހުޅަނގު އައްސޭރިން އިރުމަތީ އައްސޭރިއަށް ދަތުރުކުރާނެ ކަމަށެވެ. އަދި ދެކުނު އިންޑިއާގެ ތަފާތު ކަންކަމާއި، މީހުންނާއި ތަންތަނާއި ތަކެތި ޕްރޮގްރާމުން ފެންނާނެ ކަމަށެވެ. ޕްރޮގްރާމުގެ ހޯސްޓަކީ މޫސާ ރިލްވާން (ރިލޭ) އެވެ. ރިލޭ ބުނީ މިޕްރޮގްރާމުގައި "ދިވެހިން ދެކުނު އިންޑިއާގައި އާންމުކޮށް ނުކުރާ ކަންކަން" ކޮށް، "އާންމުކޮށް ދިވެހިން ނޫޅޭ ގޮތްގޮތަށް" އުޅެ "އާ ތަޖުރިބާތަކެއް ބެލުންތެރިންނާ ހަމައަށް" ގެނެސްދޭނެ ކަމަށެވެ.  

ރިލޭ ބުނީ ޕްރޮގްރާމުގައި ދާނެ ތަންތަން އަދި ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ބޭނުން ކަމަށެވެ. 

"ދާނެ ތަންތަން ސަޕްރައިޒެއްގެ ގޮތުގައި ބާއްވާ. އެހެން ވިއަސް ހުރިހާ ވައްތަރެއްގެ ޓްރާންސްޕޯޓު ފެންނާނެ. ބައެއް ފަހަރު ބަހުގަ. އަނެއްބައި ފަހަރު ރޭލުގަ އަނެއްބައި ފަހަރު ސައިކަލުގަވެސް ފެނިދާނެ. އާންމުކޮށް ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ސަރަހައްދުތަކުގައި ކާން ދާނީ އާންމުކޮށް އެއްތާކަށް. އާންމުކޮށް އެއްތާކަށް ވިޔަފާރި ކުރަންދާނީ ވެސް. އަތުގަ ސްމާޓު ފޯނު އޮތަސް އޭގެން މެޕް ހުޅުވާލައިގެން ތަންތަނަށް ދާ މީހުން ވަރަށް މަދުވާނެ" ރިލޭ ބުންޏެވެ. 

މި ޕްރޮގްރާމު މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އޮން އެއާ ކުރުމަށް ޓީވީއެމް އިން ނިންމާފައިވާއިރު މިހާރު ވަނީ ޕްރޮގްރަމުގެ ޓީޒާއެއްވެސް އާންމުކޮށްފައެވެ.

މި ޕްރޮގްރާމް އަންނާނީ ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ 23:30 ގައި އަންގާރަ ދުވަހުގެ ރޭ 23:30 ގައި ރިޕީޓު ދައްކާނެއެވެ. 

ޓީޒާއިން ފެންނަނީ ރިލޭ ދިވެހި ސަގާފީ ހެދުމެއް ކަމުގައިވާ ފޭއްޔާއި ޓީޝާޓެއް ލައިގެން ވަދެ އިންޑިއާ ކަޑައަކުން ރަނގަޅަށް ރޮއްޓާ ރިހައާ މޮޑެލައިގެން ކާތަނެވެ.


ހިޔާލު