Nakul eyna ge supportaraku hairaan kohlaifi
image
ނަކުލް---
0 ކޮމެންޓް
 

ނަކުލް އޭނާގެ ސަޕޯޓަރަކު ހައިރާން ކޮށްލައިފި

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ނަކުލް މެހެތާ އޭނާގެ ސަޕޯޓަރެއް ހައިރާން ކޮށްލައިފިއެވެ.
ނަކުލް އަކީ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ފަންނާނެކެވެ. ސްޓާޕްލަސް އިން ދެއްކި އިޝްގްބާޒްގައި އިން ލީޑު ރޯލުން ފެނިގެންދިޔަ ނަކުލް ވަނީ ދާދި ފަހުން އޭނާގެ ސަޕޯޓަރަކު ހައިރާން ކޮށްލާފައެވެ.  

ނަކުލްގެ އޭނާގެ ސަޕޯޓަރު ހައިރާން ކޮށްލާފައިވަނީ ސަޕޯޓަރުގެ ގެއަށް ގޮސްފައެވެ.  އެކަން ހިނގާފައިވަނީ މަގުމަތިން ހިނގާފައި ދަނިކޮށް މަޖަލަކަށް މަގުމަތިން ދިޔަ ކުއްޖެއް ފަހަތުން ދުއްވައިގަތުމުން،  އެކުއްޖާގެ ރަހުމަތްތެރިއެއް ނަކުލް އަށް ވަރަށް ބޮޑަށް ސަޕޯޓުކުރާ ކަމަށް ބުނެ، ނަކުލް އޭނާ އާ ބައްދަލުކުރުމަށް  އެދުމުންނެވެ.

އެގޮތުން ނަކުލް ވަނީ އޭނާގެ ސަޕޯޓަރާ ބައްދަލުކުރުމަށް އެފިރިހެން ކުއްޖާއާއެކު  އެގެއަށް ގޮސްފައެވެ. ނަކުލް އޭނާގެ ސަޕޯޓަރުގެ ގެއަށް ދިޔަ މަންޒަރު ފެނިގެންދާ ވީޑިއޯއެއް ނަކުލްގެ ރަހުމަތްތެރިއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ނަކުލް އޭނާގެ ސަޕޯަޓަރުގެ ގެ ދޮރުމަތީގައި ހުރި މަންޒަރު ފެނުމުން އެކުއްޖާއަށް ލިބުނީ ހައިރާން ކަމެކެވެ. އަދި އެކުއްޖާއަށް ހުރީ އެއީ ތެދެއް ކަންވެސް ގަބޫލު ކުރަން ދަތިވެފައެވެ.
 


 

  

 


View this post on Instagram


  

 

  

  

 

 @nakuulmehta ने दिया अपने फैंन को सर्प्राइज़ विज़िट। #nakuulmehta #fanvisit


A post shared by iwmbuzzhindi (@iwmbuzzhindi) onނަކުލް މެހެތާ
ހިޔާލު