Bidheyseennah madhee dhivehi ID card aai dhivehi Passport eve!
image
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މަޑުކޮށްލައިގެން--
މުހައްމަދު ފަތުހުﷲ
7 ކޮމެންޓް
 

ބިދޭސީންނަށް މަދީ ދިވެހި އައިޑީ ކާޑާއި ދިވެހި ޕާސްޕޯޓެވެ!

ރާއްޖެއަކީ ނިސްބަތުން ބިދޭސީ މަސައްކަތު މީހުން އެންމެ ގިނައިން އުޅޭ އެއް ގައުމެވެ. ރާއްޖޭގައި ބިދޭސީން އުޅޭތީ ވާފަސޭހައަށްވުރެ ދިމާވާ އުނދަގޫތައް މާބޮޑެވެ.
ބިދޭސީން ގެނެސްގެން ފަސޭހައީ މުއްސަނދިންނަށެވެ. އާންމު ދިވެހި ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ރާއްޖޭގެ ބައެއް މީހުން މުއްސަނދިންނަށް ވެފައިވަނީ ވެސް ރާއްޖެއަށް ބިދޭސީން އެތެރެކޮށްގެންނެވެ. ބިދޭސީން ރާއްޖެ އެތެރެކުރުމަކީ ކުރީގައި އަދި މިހާރުވެސް ކުރާ ބޮޑު ވިޔަފާރި އެވެ. އެހެންކަމުން ހިއުމަން ޓްރެފިކިންގ އާއި ޖިނާއީ، މަދަނީ، އިޖުތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުން ދެއެވެ.

މާލޭގެ ޓްރެފިކް މައްސަލައަކީ އެއްވެސް ހައްލެއް ގެނެވިފައިނުވާ، އަދި އެކަން ހައްލުކުރުމަށް މުޅި ދައުލަތަށް ވެސް ކުޅަދާނަކަށް ލިބިފައިނުވާ މައްސަލައެކެވެ. މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑުވާ މައްސަލައާއި މާލޭގައި ވެހިކަލްތައް ގިނަވެ، ސައިކަލެއް ޕާކުކުރެވޭނެ ގޮތެއް ނެތިގެން އާންމު ރައްޔިތުމީހާ "ރަތަށް" އަރައިގެން އުޅޭއިރު، ފުލުހުންނަށްވެސް އަދި ބޮޑެތި ސަރުކާރުތައް ވެރިކަމަށް އައިސް ގޮސްނިމޭއިރު ވެސް މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެ ގެނެވުމުގެ ބަދަލުގައި އާންމު ރައްޔިތުންނަށް ދަނީ ހައްތަހާ އުނދަގޫތަކާ ކުރިމަތި ވަމުން ނެވެ.

މާލޭގައި ޓްރެފިކް މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާއިރު، ކުރިން ބިދޭސީން ދުއްވަމުންދިޔަ ބައިސްކަލްތައް މިހާރު ވަރަށް ނުފެނެ އެވެ. ބިދޭންސީންވެސް މިހާރު ދުއްވަނީ ސައިކަލެވެ.

ބިދޭންސީންނަށް މިގައުމަކީ "ހަމަ ރަންގަނޑެކެވެ". އެއީ އެމީހުންނަށް ފުޅާދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރެވެއެވެ. ކޮންމެހެން ގާނޫނަށް ބަލާކަށް ނުޖެހޭ ކަހަލަ އެވެ. ސަރުކާރުގެ އިދާރާތަކުގެ ވެރިންނަށް "ލާރިކޮޅެއް" ދިނުމުން ކަންވާލެއް ވަރަށް ފަސޭހަ ކަމަށް ބުނަމުންދާ މީހުންނާ ދިމާވާލެއް މަދެއް ނޫނެވެ.

ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމާއި ޓޫރިޒަމާއި ގެދޮރު އިމާރާތްކުރުން ފަދަ ސިނާއަތްތަކުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތުގަ އެވެ.

ރާއްޖޭގެ ދަނޑުތަކުގައި މަސައްކަތް ކުރަނީ ބިދޭސީން ނެވެ. ދަނޑުތަކުން ހައްދާ ތަކެތި ގެންނަ ބޯޓުގައި އުޅެނީ ބިދޭސީން ނެވެ. ބޯޓު މާލެ ކައިރިކޮށްލާއިރަށް އެތަކެތި ބަލާ، ނުވަތަ ގަންނަން އަންނަނީ ބިދޭސީން ނެވެ. ގަތް ތަކެތި ލޯކަލް މާރުކޭޓް ގޮޅިއަށް ވައްދައި، އެތަކެތި ވިއްކަނީ ބިދޭސީން ނެވެ. މާރުކޭޓް ގޮޅިތަކުން ގިނައިން ވިޔަފާރި ކުރަނީ ވެސް ބިދޭސީން ނެވެ. މާލޭގައި ހޮޓާ ރެސްޓޯރަންޓްތައް އަދި ކުދި ފިހާރަތަކުން ފެށިގެން ބޮޑެތި ފިހާރަތަކުގެ ގުދަންތަކުގައި ތިބެނީ ވެސް ބިދޭސީންނެވެ.

ދިވެހިން ތިބޭނީ ބިދޭސީން ދިން އެއްޗެއް ކައިލައިގެންނެވެ. މިސާލަކަށް، ހޮޓަލަކަށް ވަދެ މަސް ރޮއްޓެއް ގެނެސް ދޭށޭ ބުނެފިއްޔާ އެ ވޭޓަރު ގިނަ ފަހަރު ހުސްއަތަކާ ނާންނާނެ އެވެ. މަސްރޮށި ނެތިއްޔާ ބަޖިޔާއެއް ނަމަވެސް ގެންނާނެ އެވެ. ދެން ކަސްޓަމަރު ގާތުގައި ބުނާނީ "މަސްރޮށި ނެތް، ބަޖިޔާ ހުރީ، މި އޯކޭ ވާނެ"، މިހެންނެވެ.

ރާއްޖޭގައި ބިދޭސީން އުޅޭ އަދަދު ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކަށް ނޭނގޭނެ އެވެ. ގަވާއިދާ ހިފާލަށް އެތައްހާސް ބަޔަކު، މާލޭގަ އާއި ރާއްޖޭގެ އެކި ރަށްތަކުގައި އުޅޭއިރު، އެއީ މުޅިންވެސް މަސައްކަތްކުރާ، ނުވަތަ ވިޔަފާރި ކުރާ މީހުންނެވެ. އެހެންކަމުން އެމީހުން އޭރު ދުއްވި ބައިސްކަލް މިހާރު ދުއްވާކަށް ނުޖެއެވެ. ފަސޭހައިން ސައިކަލް ލިބެއެވެ. އަދި ލައިސަންސް ހޯދަންވެސް އެހާ އުނދަގުލެއް ނޫނެވެ.

އިއްޔެ އެކްސިޑެންޓެއް ވެގެން އުޅެނިކޮށް އެތަން ބަލާލަން ކައިރިކޮށްލީ މެވެ. ދެ ފުލުހަކު ބިދޭސީއަކާ ވާހަކަ ދައްކަން ހުއްޓެވެ. ކައިރީގައި ސައިލަކެއް ހުއްޓެވެ. ވެގެން އުޅޭ ގޮތް އޮޅުން ފިލުވިއިރު، ސައިކަލްގައި ދެ ބިދޭސީއެއް އައިސް މުސްކުޅި ފިރިހެނެއް ގައިގާ ޖެއްސުމަށްފަހު، ދުއްވަން އިން ބިދޭސީ މީހާ ފިލީ އެވެ. ފުލުހުން ވާހަކަ ދައްކަން މިތިބީ އެ ސައިކަލް ފަހަތުގައި އިން ބިދޭސީ މީހާއާ އެވެ.

ސައިކަލް ދުއްވި ބިދޭސީ މީހާ ހޯދަން ފުލުހުންގެ މާބޮޑު ޝައުގެއް ހުރިކަމަކަށް ނުވެއެވެ. އެތައް އިރަކު އެތާ ތިބެފައި، ސައިކަލާއި ސައިކަލް ފަހަތުގައި އިންމީހާ ގޮވައިގެން ފުލުހުން ދިޔައީއެވެ. އެތާތިބި ބަޔަކު ފުލުންނާ ޒުވާބު ކުރަމުން ދިޔައެވެ.

އެމީހުން ބުނަމުން ދިޔައީ ތިޔަ ސައިކަލް ދުއްވީ ދިވެއްސެއްނަމަ މިހާރު އެމީހަކު ކޮޅަކަށް ނުހުންނާނެ ކަމަށެވެ. އަތުގައި ބިޑި އަޅުވައި "ތަޅާތިރި ގަންނުވާލާނެ" ކަމަށެވެ. މިހާރު އެމީހަ ތިގެންދަނީ ވެސް އަހަރެމެންގެ ލޮލުގައި އަނދުން އަޅުވަން ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމީހުން ދޫކޮށްލާނެ ކަމަށެވެ. އެތާހުރި އެހެން މީހަކު ބުނީ 6000 ރުފިޔާ ދީފައި ލައިސަންސެއް ގަނެލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި މިހާރު މާލޭގެ މަގުތަކުން ބައިސްކަލު މަދުވެ، ސައިކަލްތައް ގިނަވާ އެއް ސަބަބަކީ އެއީ ކަމަށެވެ. އަދި އެކްސިޑެންޓްތައް ހިނގާ އެއް ސަބަބަކީ ވެސް ވެރިޔާއަށް ލާރިކޮޅެއް ދިނީމައި "ލައިސަންސް ގަންނަން ލިބެން" ހުންނާތީ ކަމަށްވެސް އޭނާ ބުންޏެވެ.

ރާއްޖޭގައި އުޅޭ ގިނަ ބިދޭސީންނަކީ ޒުވާނުންނަށްވާއިރު، އެމީހުން އަތުގައި ފައިސާވެސް ހުރެއެވެ. ދިގު މުއްދަތަށް ގޯތި ހޯދައިގެން ބުރިބުރި އަށް އިމާރާތް ކުރާ ބިދޭސީ ވިޔަފާރިވެރިން އުޅެއެވެ. އެމީހުންގެ އަތުގައި ކުއްޔަށްދޭ އެޕާޓްމަންޓް އެބަހުއްޓެވެ. ރާއްޖޭގެ ހުރިހާ ވިޔަފާރިއެއް ކޮންޓްރޯލް ކުރަނީ ވެސް ބިދޭސީން ނެވެ. އެހެންކަމުން ކީއްކުރާ ބައިސްކަލެއް ހެއްޔެވެ. އެހާފަސޭހައިން ސައިކަލާއި ލައިސަންސް ލިބޭއިރު ފަސޭހަގޮތް އެމީހުންނަށް ފަސޭހަ އެވެ. އެމީހުންނަށް މަދުވަނީ ދިވެހި އައިޑީ ކާޑާއިން ދިވެހި ޕާސްޕޯޓެވެ.
ބިދޭސީން
ހިޔާލު

އާދަނު

ސީ.އެން.އެމް ލަދުނުގަންނަކަން ތިކަހަލަ ރޭސިސްޓް އާޓިކަލްތައް ލިޔަން. ގައުމުގެ ހާލަތު ރަނގަޅުކުރުމަކީ އެންމެންގެވެސް ޒިންމާއެއް. ބިދޭސީންގެ ބޮލަށް ޖެހުމަކީ ހައްލެއް ނޫން. މި ވިސްނުން ބަދަލުވާން ޖެހޭ. މިކަހަލަ އާޓިކަލް ލިޔަން ލަދުވެސް ގަންނަންޖެހޭ.

ފައިސާ ފައިސާ

ތިހުރިހާ ފުރުސަތު ތަކެއް އެވެރިންނަށް ދެނީ ދިވެހިން. ދެން ކޮންވާހަކައެއް ދައްކާކަށް.

ރުސާބި

ތި އާރޓިކަލްގައި ވަނީ ވަރަށް ރަނގަޅު ވާހަކައެއް... ބަންގާޅީންގެ އުޅުން މިހާރު ހުންނަނީ ދިވެހިންނަށް ވުރެ މާމަތީގަ..... މަގުމަތީގައި ސައިކަލް އަދި ޕިކަޕު ދުއްވާއިރު އެއްވެސް ބެލުމެއް ނެތް... ދިވެހިންނާ ދިމާލަށް ބުނާނެ އެއްޗެއް ބުނަނީ.... ބަންގާޅީއެއްގެ އުދަނގު ނުޖެހޭ ގޮތަކަށް މާލެ މަގުމަތިން ދަތުރުކޮށްް ނުލެވޭ... ބަންގާޅިން ސައިކަލް ދުއްވާއިރު މަގުމަތިންދާ މާބަނޑު އަންހެނަކަށް ، މުސްކުޅިއަކަށް ، ކުޑަކުއްޖަކަށް ނުބަލާ..... ހިތާމަ ހުރި ކަމެއް

އައްލާމު

ސީ.އެން.އެމް އަދި ކިރިޔާ ލިޔަންޖެހޭ ޒާތުގެ ވާހަކަ އެއް ތިލިޔުނީ އެކަމަކު އަދި ދިރާސާ ކޮށްފައި ލިޔުނު ނަމަ

ވިސްނާލާ

މިއީ އަދުގެ ޙާލަތު. ދެންފެންނާނީ ޕާޓީ ހެދުމަށް ޑިމާންޑްކުރާތަން..ބަންގާޅީންނަކީ ދިވެލީންނަށްވުރެ ސްމާޓްބައެއް.. ދެންނަގާރާޅު ބޮޑުވާނެ..

ޢަލީ

މީ ވަރަށްރަގަޅު އާޓިކަލްއެއް. 100 ފަހަރު މިއާޓިކަލް ޕަބްލިޝް ކުރަންވެސް ރަގަޅު ސަރުކާރުން މިކަމާ ހޭއަރަންދެކަށް ކޮންމެދުވަހަކު ޕަބްލިޝް ކޮށްދެއްވާ ލިއުއްވި ބޭފުޅާއަށް ޝުކުރިއްޔާ

ސަޖޯ

ދިވެހި އަންހެނަކާ އިނީމަ އަދި މާ ފަސޭހަ. ޓެކްސީވެސް ކުރެވޭ. ކަނޑު އުޅަނދުގެ ލައިސަންސްވެސް ލިބޭ.