MNU ga bainalagvaamee naruhunge dhuvas faahagkoffi
image
އެމްއެންޔޫގެ ބޭރުގައި ނަރުހުންގެ ދުވަހުގެ ބެނާ ހަރުކޮށްފައި -- ފޮޓޯ: އެމްއެންޔޫ/ ޓްވިޓާ
0 ކޮމެންޓް
 

އެމްއެންޔޫ ގައި ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކޮށްފި

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލުގެ ފަރާތުން ހާއްސަ ހަފްލާއެއް މިއަދު ބާއްވައިފި އެވެ. 
މިއަދު ހެނދުނު އޮތް އެ ހަފްލާފައި އެމްއެންޔޫ ނާސިން ސްކޫލުގެ ލެކްޗަރާއިންނާއި ދަރިވަރުން ބައިވެރިވި އެވެ. އެ ހަފްލާގައި ނާސިން ސްކޫލުގެ ޑީން އާސިޔާ އިބްރާހިމް ވާހަކަދެއްކެވި އެވެ. 

އާސިޔާ ވިދާޅުވީ "ނާސިން އިން ތައުލީމް ހާސިލްކުރުމުން އަސްލު ހާލަތްތަކާއި މާހައުލުތަކުގައި ކަންކުރަންވީ ގޮތް ދަރިވަރުންނަށް ވަރަށް ރަނގަޅަށް ދަސްވާ" ކަމަށެވެ. 


އެމްއެންޔޫގެ ކުޅުދުއްފުށި ކެމްޕަސްގައި ވެސް ވަނީ ދަރިވަރިންނާއި ލެކްޗަރާއިންނާއެކު ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކޮށްފަ އެވެ. 

ގައުމީ ޔުނިވަސިޓީން ބުނީ އެ ޔުނިވަސިޓީގެ ނާސިން ސްކޫލުން 2388 ދަރިވަރުން ގްރެޖުއޭޓްވެފައިވާ ކަމަށާއި، މިވަގުތު ވެސް 1200 އަށް ވުރެ ގިނަ ކުދިން ކިޔަވަމުންދާ ކަމަށެވެ. 

އެމްއެންޔޫ އިން ކުރި ޓްވީޓެއްގައި ވަނީ ކުރީގެ ދަރުވަރުންނާއި، މިހާރުގެ ދަރިވަރުންނާއި އަދި ނާސިން ޕްރޮގްރާމުތައް ހިންގުމުގައި ހަރަކާތްތެރިވާ ލެކްޗަރާއިންނަށް ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ. 


ކޮންމެ އަހަރެއްގެވެސް މޭ 12 ވަނަ ދުވަހު ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ނަރުހުން މުޖުތަމައަށް ކޮށްދޭ އެކި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
ހިޔާލު