Zayn eynage kureege loabiveriya Gigi hadid aa mihaaru instagram in follow kurey
image
ޒެއިން އާއި ޖީޖީ---
0 ކޮމެންޓް
 

ޒެއިން އޭނާގެ ކުރީގެ ލޯބިވެރިޔާ، ޖީޖީ ހަދީދް އާ މިހާރު އިންސްޓަގުރާމުން ފޮލޯކުރޭ

މަޝްހޫރު ބޭންޑު، ވަން ޑައިރެކްޝަން ގެ ކުރީގެ މެންބަރު ޒެއިން މާލިކް އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އެމެރިކާގެ މަޝްހޫރު މޮޑެލް ޖީޖީ ހަދީދް އާ އަނެއްކާ ވެސް އިންސްޓަގުރާމުން ފޮލޯކުރަން ފަށައިފިއެވެ.
އުމުރުން 26 އަހަރުގެ ޒެއިން އާއި 24 އަހަރުގެ ޖީޖީ މިދިޔަ އަހަރު ރުޅިވެގެން އުޅޭކަމަށް ހަބަރު ފެތުރިފައިވަނީ ދެމީހުން އެކަކު އަނެކަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރުން ހުއްޓާލުމާގުޅިގެންނެވެ. އަދި ޒެއިން، ޖީޖީ އިންސްޓާގުރާމުން އޭރު އަންފޮލޯ ކޮށްފައިވާތީއެވެ.

ނަމަވެސް އަނެއްކާ ވެސް ޒެއިން މިވަނީ ޖީޖީ އިންސްޓާގުރާމުން ފޮލޯކުރަން ފަށާފައެވެ. އެކަމާ ގުޅިގެން ޒެއިންގެ ސަޕޯޓަރުންނަށް ހައިރާން ކަމެއް ލިބިގެން ދިޔައިރު އެދެމީހުން އަނެއްކާ ވެސް ލޯބީގެ ގޮތުން ގުޅުނީތޯ ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. 

ފާހަގަކޮށްލެވޭ އެއްކަމަކީ މިހާތަނަށް އެދެމީހުންގެ ގުޅުމުގައި އެތަށް ފަހަރު މައްސަލަ ޖެހުނު ނަމަވެސް ޖީޖީ ޒެއިން އަށް ފޮލޯކުރުން ހުއްޓާލާފައި ނުވާ ކަމެވެ.

ޒެއިން އާއި ޖީޖީ ލޯބީގެ ގޮތުން ގުޅިފައިވަނީ 2015 ވަނަ އަހަރުއެވެ. އަދި ދެމީހުންގެ ގުޅުން ނިމުމަކާ ހަމައަށް އައިކަމަށް މިދިޔަ އަހަރުގެ މާޗް މަހު އެންގިއިރު އެދެމީހުން އަލުން ދެން ލޯބީގެ ގޮތުން ނުގުޅޭނެ ކަމަށް ވަނީ އޭރު ބުނެފައެވެ. ނަމަވެސް މިއަހަރު މާޗް މަހު ޒެއިން ވަނީ ޖީޖީ ދެކެ ވަރަށް ލޯބިވާ ކަމަށް ޓުވިޓާ މެދުވެރިކޮށް ބުނެފައެވެ.

ޒެއިން އަކީ ބްރިޓިޝް އަދި ޕާކިސްތާނު އަށް ނިސްބަތްވާ ލަވަކިޔުންތެރިއެކެވެ. އޭނާ އެންމެ ފަހުން ކިޔާފައިވަނީ ދެއާ ޔޫ އާ އެވެ. އެލަވައަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޒެއިންގެ ފޭނުން ގަބޫލުކުރާގޮތުގައި އެލަވައަކީ ޒެއިން އޭނާގެ ލޯބިވެރިޔާއަށް ހާއްސަކޮށް ކިޔާފައިވާ ލަވައެކެވެ.
ޒެއިން މަލިކް
ހިޔާލު