Dhiraagu Pay: Mihaaru Market Golhithakun ves Viyafaari Kurevey!
image
ދިރާގު: މިހާރު މާރުކޭޓް ގޮޅިތަކުން ދިރާގު ޕޭގެ ހިދުމަތް ލިބޭނެ.
0 ކޮމެންޓް
 

ދިރާގު ޕޭ: މިހާރު މާރުކޭޓް ގޮޅިތަކުން ވެސް ވިޔަފާރި ކުރެވޭ!

ދިރާގުން ތައާރަފްކޮށްފައިވާ އެ ކުންފުނީގެ "ދިރާގު ޕޭ" މެދުވެރިކޮށް މާލޭގެ މާރުކޭޓް ގޮޅިތަކުން ވިޔަފާރި ކުރެވޭ ގޮތް އެ ކުންފުނިން މިއަދު ތައާރަފް ކޮށްފި އެވެ.
މާރުކޭޓް ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް ބައްދަލުކޮށް ދިރާގުގެ އެސިސްޓެންޓް މެނޭޖާ، އެޑްވަޓައިޒިން އެންޑް އިވެންޓްސް ހަސަން ޝާރިހް ވިދާޅުވީ ލޯކަލް މާރުކޭޓުން ވިޔަފާރި ކުރާއިރު މޯބައިލް ފޯނު މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ރޯދަ މަހު ލޯކަލް މާރުކޭޓް ގޮޅިތަކުގެ އިތުރުން އަމީނީ މަގުގައި ހުންނަ ދިރާގު ޕޭ އެކްޓިވޭޓެޑް ސްޓޯލްތަކުން 150ރ. އަށް ވުރެ މަދު ނޫން އަދަދުތަކުން ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރުމުން ކަރާ ކިލޯއެއް ހިލޭ ލިބޭނެ ކަމަށް ޝާރިހް ވިދާޅުވި އެވެ.

"ދިރާގު ޕޭ އެކްޓިވޭޓެޑް ސްޓޯލުން 150ރ. ނުވަތަ 150ރ. އަށް ވުރެ މަދުނޫން އަދަދަކުން ތަކެތި ބައްލަވައިގަތުމުން ކަރާ ކިލޯއެއް ހިލޭ ލިބިގެން ދާނެ. އަޅުގަނޑުމެންގެ ބޭނުމަކަށް ވީ، ރޯދަ މަހާއި ގުޅޭ ހަދިޔާއެއް ތިބޭފުޅުންނަށް ފޯރުކޮށްދިނުން،" ޝާރިހް ވިދާޅުވި އެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ދިރާގު ޕޭ އަކީ ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކޮށްފައިވާ އެޕް އެކެވެ. 

ދިރާގު ނެޓްވޯކް ނޫން އެހެން ނެޓްވޯކްތަށް ބޭނުންކުރާ ފަރާތްތަކަށްވެސް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ޖަމާކޮށް ފައިސާ ފަސޭހަކަމާއެކު ފޮނުވޭނެ އެވެ. ދިރާގު ޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގު ޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. 

އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ. އަދި ދިރާގުގެ ވެބްސައިޓުންވެސް ވޮލެޓް ރީޗާޖުކުރެވޭނެއެވެ.
ހިޔާލު