Dheebaaja mahsalaigai Supreme Court ge fandiyaarun "rishvathu" nengivikamuge thuhumahthu!
image
ސުޕްރީމް ކޯޓު: ފޮޓޯ ވީ ނިއުސް
ގުފްތަގު އަޖީރު
9 ކޮމެންޓް
 

ދީބާޖާ މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތު!

ދީބާޖާ މައްސަލައިގައި ސްޕްރީމްކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެކަށީގެންނުވާ އަދަދެއްގެ ފައިސާ ބަދަލުގެގޮތުގައި ދައްކަން ޖެހޭކަމަށް ކަނޑައަޅައި ހައިކޯޓުގެ ނިންމުން ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމް ދެމެހެއްޓުމުން ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ދީބާޖާ މައްސަލަ ނިންމި ފަނޑިޔާރުންނަށް އަމާޒުކޮށް ހިޔާލުފާޅުކުރަމުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ސެކެރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް ވަނީ ސުޕްރީމްކޯޓާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ދޮގު ކުރައްވާފައެވެ. 

"ސުޕްރީމްކޯޓުން ޑީލެ ނުހަދާ. ނުވެސް ހަދާނެ. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ނުހަދާނެކަން. ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ބާރުން ތިފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަޅުގަނޑަށް ހަމަ ޔަގީން،" ޑރ. ހުސައިން ފާއިޒް ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. 

ސޯޝަލް މީޑިއާ ގައި ދެކެވޭ ވާހަކަަތައް: 

ދީބާޖާއިން ހަދާފައިވާ އެގްރީމަންޓާ ގުޅޭގޮތުން ނަޒީހު ކިޔާ މީީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ސްޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުންނަށް 14.8 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. 






މި މައްސަލައިގައި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓު ތައްޔިބު ވެސް ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއި އަލްހާން ފަހުމީ އާ ގުޅިގެން ބޮޑުވެެގެންވާ ޖަރީމާއެއް ހިންގަމުން އަންނަކަމަށެވެ.

ތައްޔިބަށް ރިޕްލައި ކުރަމުން އަލްހާން ވިދާޅުވެފައިވަނީ "ދީބާޖާ" އަކީ އަލްހާންމެންގެ ލޯފާމުގެ ކްލައިންޓެއް ކަމަށެވެ. ގާނޫނީ ހިދުމަތެއް ސައްހަ ވާނެކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފު ކަމެއް ނޫންކަމަށް އަލްހާން ވިދާޅުވެއެވެ. 



އެމްޑީޕީގެ ސެކެރެޓަރީ ޖެނަރަލް އަނަސް ވެސް ވަނީ މި މައްސަލަ އަލުން ރިވިއު ކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. 




ބައެއް މީހުން އަންނަނީ ތަފާތު ހިސާބުތައްވެސް ސޯޝަލް މީޑިއާގައި ޖަހަމުންނެވެ. 


ހިޔާލު

އަހައްމާ

ޑރ. ހުސައިން ފާއިޒް ޢަކީ ސުޕްރީމު ކޯޓު ފަނޑިޔާރުން ރަގަޅަށް އެގިލައްވާ ބޭފުޅެއްނޫނެވެ. ޑރ ފާއިޒް ކައިރީގައި އައްސަވާ ބައްލަވާ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާތާ ކިހާ ދުވަހެއް ވެއްޖެތޯ ؟ މަގާމުގައި ވެސް ހުރެގެން ދައްކަށްޖެހޭ އެކަން ރަގަޅަށް ބެލުމަށް ފަހުގައެވެ. 1 ފެބުރުއަރީ 2018 ގައި ކުރި ހުކުމާއި ގުޅިގެން 3 ފަނޑިޔާރުންގެ ނަޒާހަތްތެރިކަންވަނީ ގެއްލިފައެވެ. އަމިއްލައަށް އެ 3 ފަނޑިޔާރުން އިސްތިޢުފާ ދިނުމަށް ގޮވާލަމެވެ.

ޢަދުލު ޢާދިލް

ސުޕުރީމް ކޯޓުގެ ފަންޑިޔާރުންގެ ނަޒާހަތްތެރި ކަމުގެ ވާހަކަ ދައްކާނެކަމެއް ނެތް އިތުރަކަށް. އިތުރަށް ކުރަންވީ ކަމަކީ މުޅި ސުޕުރީމްކޯޓްގެ ފަންޑިޔާރުން ބަދަލުކުރަންވީ. އެކަކުވެސް އިސްތިސްނާނުކޮށް. އަދި ސެކްރެޓަރީ ޖެނެރަލް ޑރ. ފާއިޒުވެސް ބަދަލުކުރަންވީ. އެއީވެސް ޢަރަބި ވަރަށް ކަމުނުދާ އިންސާނެއް.

ޢަލީ

ފަނޑިޔާރުންވީމަ ރިޝްވަތު ނަންގަވަނީ . ވައްކަން ކުރައްވަނީ . ޒިނޭވެސް ކުރައްވަނީ.

ފާތުން

މިއީ ދެން ވަރަށް ބޮޑުވަރު. ފަނޑިޔާރުންގެ އަގު ވެއްޓި އިތުރުބާރު ގެއްލިފައިވަނީ އެ މީހުންގެ އަމަލުތަކުގެ ސަބަބުން. ދެން ވަރަށް ސަލާން

ކަދުރު

ފަނޑިޔާރުންނަށް ހީވަނީތަ ތިޔަ ހަދާ އެއްޗެއް ރައްޔިތުންނަށް ނޭނގޭނެކަމަށް. ހުރިހާ ކަމެއް އެނގޭ. އަބުދުﷲ ދީދީ ފްލެޓެއް ގަންކަންވެސް އެނގޭ. ކިހާ ދެރަކަމެއް. ބައި އަޅައިގެން މައްސަލަތައް ނިންމަށް ތިޔަ ކުރާ މަސައްކަތް ހުއްޓާލާ. ނުވަތަ ރައްޔިތުންގެ ހުކުމް މާ ނުރައްކާވާނެ

މޫސާ

ފަނޑިޔާރުންވެސް މިހާރު ބަސްބައިބަހާ އުސޫލުންކަންކަން ކުރަނީތަ. މިއީ ކިހާ ދެރަކަމެއް. ކޯޓްތައް އިސްލާހުނުކޮށް މިގައުމު ސަލާމަތެއްނުވާނެ

ގައުމު

މިއީވެސް ދެން ވަރަށް ބޮޑުވަރުދޯ. ކަނޑައެޅިގެން އެނގޭ މައްސަލަތަކުގައި މިގޮތަށް ކަންކަންކުރުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއް. އަނެއްކާ ސުޕްރިމްކޯޓް ވާންޖެހޭނީ އިންސާފުވެރި ތަނަކަށްދޯ. އެންމެމަތީ މަސްލަހަތު ވެސް ހިފަހައްޓަންޖެހޭނީ ވެސް އެތަނުންދޯ. ބަދަލެއް ދޭންޖެހުނަސް މިއީ ބޮޑުވަރު

އލ

އެޖެންޑާ19

ރަހޫ

ނަގާ ނަގާ މިނޫނަސް ދުވަސް އެބްއޮތް