Accident eh gai Serious aniyaathakeh libunu meehakah faruva dhenee
image
ސިނަމާލެ ބްރިޖް ސަރަހައްދު
ސީއެންއެމް
0 ކޮމެންޓް
 

އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާދެނީ

މިރޭ އިރުއޮއްސުނު ވަގުތު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާއެއް ލިބުނު މީހަކަށް އައިޖީއެމްެޗްގައި ފަރުވާދެމުން އެބަ ގެންދެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެމުން ގެންދަނީ އުމުރުން 22 އަހަރުގެ ޒުވާނަކަށް ކަމުގައެވެ. އެކްސިޑެންޓް ހިނގީ ބޮދުތަކުރުފާނު މަގުން ދަރުބާރުގެ ކައިރިން ދެ ސައިކަލު ޖެހިގެންނެވެ.

ފުލުހުން ބުނީ ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާގެ ފަހަރުގައި އަށް އަހަރުގެ ކުއްޖަކުވެސް އިން ކަމުގައެވެ. ނަމަވެސް އެކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ވަނަ ސައިކަލު ދުއްވަންއިން 23 އަހަރުގެ ޒުވާނާއަށްވެސް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމުގައެވެ.
ހިޔާލު