Sarukaarun dhanee vazeefaage biru dhakkamun: PNC
image
ސަރުކާރުން ދަނީ ވަޒީފާގެ ބިރުދައްކަމުން: ޕީއެންސީ
އަހުމަދު
6 ކޮމެންޓް
 

ސަރުކާރުން ދަނީ ވަޒީފާގެ ބިރުދައްކަމުން: ޕީއެންސީ

ކުންފުނިތަކާއި ސަރުކާރުގެ މަގާމް ތަކުގައިތިބި މުވައްޒަފުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް އިދިކޮޅު ޕީއެންސީން ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ވަޒީފާގެ ބިރުދައްކަމުން ގެންދާއިރު ރޯދަ މަހު އެކަނިވެސް އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައެވެ.

އެގޮތުން އެއްވެސް ހަމައެއް އުސޫލެއް ނެތި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުން ގެންދާކަމަށާއި ބައެއް މީހުން މަސައްކަތް ކުރާ ތަން ބަދަލުކޮށް، ވަކި ފިކުރަކަށް ތާއީދު ކުރާ މީހުން ވަޒީފާއިން ވަކިކުރާނެ ބުރުވެސް ދައްކަމުން ގެންދާކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕީއެންސީން ބުނީ ވަޒީފާއިން މުވައްޒަފުން ވަކިކުރަމުން ގެންދާއިރު އެ މުވައްޒަފުންނަކީ އާއިލީ ޒިންމާތައް އުފުލަމުންދާ ބައެއްކަމަށާއ އެމީހުން ވަޒީފާއިން ވަކިކޮށް ނިކަމެތި ކޮށްލުމަކީ އެ އާއިލާތަކަށް އޭގެ ވޭން އުފުލަން ޖެހޭނެ ކަމެއް ކަމުގައެވެ.

"ސަރުކާރުގެ މި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." ޕީއެންސީގެ ނޫސްބަޔާނުގައި ވެއެވެ.
ހިޔާލު

ޙަސަންދީ

އިދިކޮޅު ޕާޓީއެއްގެ ޒިންމާ އުފުލޭ ވަރުގެ ބައެއްނޫން ނިހާން އަދި އަދުރޭ އަކީ މުޅިޤައުމުވެސް ނޫނެކޭ ބުނެފައިވާ ބައެއްތީ

Ibrahim

މިހާރުތަ މިކަން މިއެގުނީ

ކިޔު5

ކަލޭމެން ތިވާހަކަ ދެއްކީމާ ރައްޔިތުން ހިނިއައުމުގެ ތަނަވަސް ފުރުސަތެއް އޮތްކަން އެނގޭތަ؟؟!

ހައިމާން

ޕީޕީއެމް ސަރުކާރުގަ ވަލުދޮރާށިން ވައްދާފަ ތިބިމީހުން ބޭރުކުރުމަކީ އިންސާފު ނޫންތޯ..

އަންވަރ

އޭރު ތިކަންތައް ހިގި ވަރާ ގާތަށްވެސް މިހާރު ނުހިގައޭ ބުނެވޭނީ ހަގީގަތަށް ވާހަކަ ދައްކާ ކަމުގައިވާނަމަ..

ޞައްދާމު

ފުރަތަމަ ތި ގޮތަށް ކަންތަށް ކުރި މީހުން ތިޔަވާހަކަ ދެއްކީމާ ހިނިއާދޭ!