Asia Hopes mubaaraathuge final ga Dheema nikunannee India aa dhekolhah
image
ދީމާ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އޭޝިއާ ހޯޕްސް މުބާރާތުގެ ފައިނަލުގައި ދީމާ ނިކުންނަނީ އިންޑިއާއާ ދެކޮޅަށް

މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
ސިންގަޕޫރުގައި ކުރިއަށްދާ މި މުބާރާތަކީ އޭޝިއާގެ އެންމެ ބޮޑު އެއް ޓޭބަލް ޓެނިސް މުބާރާތެވެ. ކުރީގެ ޓެނިސް ކުޅުންތެރިޔާ އިބްރާހިމް ޝިއުރީގެ ކޯޗުކަމުގެ ދަށުން ދީމާ މުބާރާތުގައި ކުޅެމުން އަންނައިރު އޭނާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި އީރާންގެ ކުޅުންތެރިޔަކާ ވާދަކޮށް ކުރި ހޯދައިގެންނެވެ. 

ފައިނަލުގައި ދީމާ ނުކުންނާނީ އިންޑިއާއާ ދެކޮޅަށް ކަމަށް ޝިއުރީ ބުނެއެވެ. 

ދީމާގެ ނަން އެންމެ ފުރަތަމަ މީޑިއާތަކަށް އަރާފައި ވަނީ އުމުރުން އެންމެ 7 އަހަރުގައި ލަންކާގެ ޓޭބަލްޓެނިސް މުބާރާތަކުން ރަން މެޑަލް ހޯދުމުންނެވެ. 

ދީމާގެ މަންމަ ކުރިން ސީއެންއެމް އަށް ކިޔައިދިން ގޮތުގައި ޓޭބަލް ޓެނިހަށް ދީމާގެ ޝައުގުވެރިކަން ލިބުނީ އުމުރުން 5 އަހަރުގައި ފިހާރައަކުން ފެނުނު ރެކެޓެއްގެ ސަބަބުންނެވެ. 

އެއަށްފަހު ދީމާ ވަނީ ރެކެޓު ގަނެ އަމިއްލަ އަށް ގޭގައި ޕްރެކްޓިސްކޮށް، ހުނަރު ތަރައްގީ ކުރުމަށްޓަކައި އިންޑް ޓީޓީ އެކަޑެމީ އަށް ގޮސްފަ އެވެ. މިހާރުވެސް ދީމާ ދަނީ ހުނަރު ތަރައްގީ ކުރުމަށް ގިނަ ތަމްރީންތައް ކުރަމުންނެވެ.
ހިޔާލު