Market agu thah: 160 Rufiyaa ah vikki lettuce mihaaru 80 Rufiyaa
image
މީހަކު ލެޓިއުސް ގަންނަނީ -- ފޮޓޯ: ސީއެންއެމް
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

މާރުކޭޓު އަގުތައް: 160 ރުފިޔާއަށް ވިއްކި ލެޓިއުސް މިހާރު 80 ރުފިޔާއަށް

ލެޓިއުސްއަކީ އާއްމުކޮށް ގިނަ އަދަދަކަށް މާރުކޭޓްގައި ވިކޭ ފަތުގެ ބާވަތުގެ ތަރުކާރީ އެކެވެ. ކޮންމެ ރޯދަ މަހެއްގައިވެސް އެންމެ ގިނައިން ވިކޭ އެއް ބާވަތަކަށް ފަތުގެ ބާވަތްތައް ހިމެނެއެވެ. އެގޮތުން ލެޓިއުސްގެ އިތުރުން ކޮޕީފަތާއި ކުއްޅަފިލާ ފަތް ކަންކުން ފަތް ފަދަ ތަފާތު ވައްތަރުގެ ފަތުގެ ބާވަތްތައް މާރުކޭޓްގައި ވިއްކަން ހުރެއެވެ. 
އާންމުކޮށް ރޯދަ މަސްމަހު ލޯކަލް މާރުކޭޓަށް ބޭނުންވާ ވަރަށް ލެޓިއުސްއާއި ކޮޕީފަތް ލިބުމުގައި ދަތިތަކެއް ހުރެއެވެ. މަސްހުންޏާއި ސެލަޑަކީ ކޮންމެ ދުވަހެއްގެ މެނޫގައި ހިމެނޭ އެއްޗަކަށް ވާތީ ލެޓިއުސްއާއި ކޮޕީފަތުގެ ޑިމާންޑް ވަރަށް ބޮޑެވެ. ކެފޭ ރެސްޓޯރަންޓް، އަދި އަމިއްލަ ގެތަކުގައިވެސް ރޯދަ ވީއްލަން ފަތު މަސްހުނި ނުވަތަ ސެލަޑް ނުހިމެނި ވަރަށް ނުދާނެ އެވެ. 



މިއަދު ބާޒާރުގެ އަގުތަކަށް ބާލާއިރު، އިއްޔެ އެކޭ މާބޮޑު ތަފާތެއް އަގުތަކުން ނުފެނެ އެވެ. ގިނަ ބާވަތްތަކުގެ އަގު އެއްވަރެއްގައި ހުރިއިރު ބައެއް ބާވާތްތަކުގެ އަގު ހެޔޮވެފައި ވެއެވެ. އަދި ބައެއް ބާވަތްތަކުގެ އަގު ބޮޑުވިޔަސް ބޮޑުވެފައިވަނީ 5 ރުފިޔާ ވަރެވެ. 

މިރޯދަމަސް ފެށުމާއެކު ލެޓިއުސް ކިލޯއެއް އުޅުނީ 160ރ އަށެވެ. ނަމަވެސް މިއަދު އަގުތަކަށް އަންނަ ބަދަލާގުޅިގެން ލެޓިއުސް ކިލޯއެއް 80ރ އަށް ލިބެއެވެ. އަދި ކޮޕީފަތާއި ކުއްޅަފިލާފަތްވެސް މާރުކޭޓުން އެހެން ރޯދަމަށްވުރެ މާބޮޑުތަނުންވެސް އަގު ހެޔޮކޮށް ލިބެއެވެ. 



މީގެ ކުރީ ރޯދަ މަސްމަހު ކޮޕީފަތެއް 10ރ އިން މައްޗަށް އަރާފައިވެއެވެ. ނަމަވެސް މިރޯދަމަހުގެ އަށް ވަނަ ރޯދަ ހިފަމުންދާއިރު، ކޮޕީފަތެއްގެ އަގު 5ރ އަށް ވުރެ ބޮޑެއް ނުވެއެވެ. މިއަދު މާކޭރުކޭޓުގައި ކޮޕީފަތެއް 2ރ އަށް ލިބެއެވެ. އެއީ އެހެން މަސްމަހު ވެސް ކޮޕީފަތެއް އާންމުކޮށް ލިބެން ހުންނަ އަގެވެ. 

ލޯކަލް މާރުކޭޓުގައި ވިއްކަން ހުރި ތަކެތީގެ އަގުތަކަށްބަލާއިރު މޭވާގެ ބާވަތްތަކުގެ އަގުތައް ވެސް އެހެން ރޯދަމަސް މަހަށްވުރެން ހެޔޮވެފައިވެއެވެ. ރޯދަ މަސް ފެށުނުއިރު ކަރަލާއި ފަޅޯ ކިލޯއެއް 40ރ އާއި 50ރ އަށް އެރިނަމަވެސް މިއަދު ކަރާ ކިލޯއެއް 20ރ އަށް ލިބެއެވެ. ފަޅޯ ކިލޯއެއް 40ރ އާއި 25ރއާ ދެމެދުގެ އަގުގައި ލިބެއެވެ. 



މިރޯދަމަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއް 1000ރ އިން 1200ރ އަށް އަރައިގެން ދިއުމުން ރާއްޖެއިން ބޭރުން މިރުސް އެތެރެކޮށް، މިރުސް ކިލޯއެއް 100ރ އަދި 50ރ އަށް ވެސް ލިބެން އެބަހުއްޓެވެ. 

މިރޯދަމަހުގެ ފުރަތަމަ ހަފްތާ ނިމުނުއިރު، ބާޒާރުގެ އަގުތަށް އެހެން ރޯދަ މަސްމަހަށް ވުރެ ތަކެތީގެ އަގުތަށް ހެޔޮކަން ފާހަގަކުރެވެއެވެ.
ހިޔާލު

އިލާސްތެރި ކަމާއެކު ދިން ވޯޓް

ލެޓިއުސްތަީ؟؟ ޗައިނީޒް ކެބެޖް؟؟