Terrorism aa dhekolhah masakkaiy kurumah America safeeraa eku mashvaraa koffi
image
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އެމެރިކާ ސަފީރު އެލެއިނާ ބީ. ޓެޕްލިޓްޒް -- ފޮޓޯ: ޑިފެންސް މިނިސްޓްރީ
0 ކޮމެންޓް
 

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާ ސަފީރާއެކު މަޝްވަރާކޮށްފި

ދެކުނު އޭޝިއާ ސަރަހައްދުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އެމެރިކާ ސަފީރު އެލެއިނާ ބީ. ޓެޕްލިޓްޒް މަޝްވަރާ ކުރައްވައިފި އެވެ. 
ޑިފެންސް މިނިސްޓްރީން ބުނީ މާރިޔާ އާއި އެލެއިނާގެ ބައްދަލުވުން އޮތީ މިއަދު ހެނދުނު ކަމަށެވެ. އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ގޮތްތަކާއި، އެހީތެރިކަން ލިބޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. 

އޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ޓެރަރިޒަމާއި ހައްދުފަހަނައަޅާފައި ފިކުރުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާ ކުރެއްވި އެވެ.


ހިޔާލު