Sarukaarun tharahgeege namugai gaafurolhaa thanthan sunnaafathikoh nuhadhaane: Zahir
image
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު -- ފައިލް ފޮޓޯ
ސާޔާ އަހްމަދު
3 ކޮމެންޓް
 

ސަރުކާރުން ތަރައްގީގެ ނަމުގައި ގާފުރޮޅާ ތަންތަން ސުންނާފަތިކޮށް ނުހަދާނެ: ޒާހިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ވަރަށް އަވަހަށް ބާރު ސްޕީޑުގައި ފަށާ މަންޒަރު ފެންނާނެ ކަމަށާއި ތަރައްގީގެ ނަމުގައި ރޭވުންތެރިކަމެއް ނެތި "ގާފުރޮޅާ ތަންތަން ސުންނާފަތިކޮށް" ނުހަދާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ. 
ޒާހިރު މިހެން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ބާރު ސްޕީޑުގައި ނުދެވޭ ކަމަށާއި ތަރައްގީއަށް ފުރޮޅި އެންމެ ގާ ކޮޅެއް ވެސް ނެތް ކަމަށް ވިދާޅުވެ އިދިކޮޅި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފާޑުކިޔުމުންނެވެ. 

މިހާރު ނޫހުގައި ޝާއިއުކޮށްފައި ޝިޔާމުގެ އިންޓަވިއުގެ ރައްދުގައި ޒާހިރު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރާނީ ވިސްނުންތެރިކަމާއިއެކު އެތައް އަހަރަކަށް ޕްލޭން ކޮށްގެން ކަމަށާއި މަޝްރޫއުތައް ފެށޭ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. 

"މި ސަރުކާރުން ތަރައްގީގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ގާފުރޮޅާ، ތަންތަން ސުންނާފަތިކޮށް ނުހަދާނެ. އޭގެ ބަދަލުގައި ވިސްނުނެތިރިކަމާއެކު އެތައް އަހަރަކަށް ޕްލޭން ކުރެވިގެން، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ދާދި އަވަހަށް ބާރު ސްޕީޑުގައި ހިނގަން ފަށާ މަންޒަރު ފެންނާނެ. އިންޝާﷲ،" ޒާހިރު ކުރެއްވި ޓްވީޓެއްގައި ވެއެވެ. 






މިހާރު ނޫހަށް ދިން އިންޓަވިއުގައި ޝިޔާމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މަޝްރޫއުތަކުގެ ދުވެލި ލަސް ކަމަށާއި، ތަކެތީގެ އަގު މައްޗަށް ގޮސްފައިވާ ކަމަށާއި، ވައުދުތައް ނުފުއްދިގެން އުޅޭ ކަމަށް ވިދާޅުވި އެވެ. 

އެގޮތުން ދުވެލި ލަސްވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ކަންކަމުގައި އެއްބަސްވުމަކަށް ނާދެވޭތީ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެކަމަކު ޝިޔާމަށް މިއަދު ރައްދު ދެއްވި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޒާހިރަކީ އަދާލަތު ޕާޓީގެ އިސް މެންބަރެކެވެ.
ހިޔާލު

ާރައިން

ސާހިބާ ސަރުކާރުން މިއަދާ ހަމަޔައް ކުރަމުން ތިއަންނަނީ ތިބުނާމަސައްކަތް އަދި ހަމަ އެންމެކަމެއްވެސް އަލަކައްނުފަށާ

ޏިމަނޮ

ޡި ސިޔާމަކީ ބޮލުގަ ވަރައް ގިނައިން ޖެލް އުނގުޅާމީހެއް

ހުސޭ

ޜައްޔިތުބް ބޭނުންވަނީ ކަންކަންވުން. މިހާރު މިފެބްނަނީ ހިގަހިގާ ހުރި މަސްރޫއުވެސް ހުއްޓޭތަން....