April mahu MIRA medhuverikoh dhaulathah 1.31 billion Rufiyaa
/
image
މީރާ: މިދިޔަ މަހު ދައުލަތަށް 1.31 ބިލިޔަން ރުފިޔާ ލިބުނު--ފޮޓޯ: މިހާރު
0 ކޮމެންޓް
 

އޭޕްރީލް މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.31 ބިލިޔަން

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.31 ބިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެ އެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު 12.6 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މީރާ އިން ކުރިން ލަފާކުރި ވަރަށް ވުރެ 6.3 ޕަސެންޓް އިތުރުވެފަ އެވެ.

މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ:

- ޖީއެސްޓީ: 7875.69 މިލިޔަން ރުފިޔާ
- ގްރީން ޓެކްސް: 83.6 މިލިޔަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 70.65 މިލިޔަން ރުފިޔާ
- އެއާޕޯޓު ސާވިސް ޗާޖް: 70.13 މިލިއަން ރުފިޔާ 
- ބީޕީޓީ: 69.72 މިލިއަން ރުފިޔާ
- އެހެނިހެން ޓެކުހާއި ފީތައް: 135.88 މިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ އިން ބުނީ އޭޕްރީލް މަހުގެ އާމްދަނީ އިތުރުވީ ޓެކުހުގެ ގޮތުގައި ލިބެންޖެހި، ނުލިބިހުރި ގިނަ ފައިސާ އެ މުއްދަތުގައި ލިބުމުން ކަމަށެވެ. އަދި ލަފާކުރި ވަރަށް ވުރެ އާމްދަނީ އިތުރުވީ ޖީއެސްޓީ އާއި ބީޕީޓީ އަދި ޓީޖީއެސްޓީގެ އިތުރުން ރިސޯޓް ކުލީގެ ގޮތުގައި ލިބެންޖެހި ނުލިބިހުރި ފައިސާ އޭޕްރީލް މަހުގެ ތެރޭގައި ލިބުނު މިންވަރު އިތުރުވުމުން ކަމަށް މީރާ އިން ބުނެ އެވެ.


މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީގެ ތެރޭގައި 55.9 މިލިޔަން ޑޮލަރު ވެސް ހިމެނެ އެވެ. އޭޕްރީލް މަހު މީރާ އަށް 55.9 މިލިޔަން ޑޮލަރު ވަދެފައިވާއިރު، މާޗް މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.5 ބިލިޔަން ރުފިޔާ ވަދެފައިވާއިރު، ޑޮލަރުގެ ގޮތުގައި 72 މިލިޔަނަށް ވުރެ ބޮޑު އެއްޗެއް ލިބިފައި ވެއެވެ.
ހިޔާލު