Maarandhoo dhandugai anehenverin football kulhun hutuvumah bayaku masahkathkohffi
image
ހއ. މާރަންދޫ--
ގުފްތަގު އަޖީރު
2 ކޮމެންޓް
 

މާރަންދޫ ދަނޑުގައި އަންހެނުން ފުޓުބޯޅަ ކުޅުން ހުއްޓުވުމަށް މަސައްކަތް ކޮށްފި

ހއ. މާރަންދޫ އަންހެން ވެރިން އެރަށު ފުޓްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅޭތީ އެކަން ހުއްޓުވުމަށް ބަޔަކު މަސައްކަތް ކޮށްފިއެވެ. 
މި ހިނގާ މޭ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މާރަންދޫ ދަނޑުގައި އަންހެން ވެރިން ފުޓުބޯޅަ ކުޅުން މަނާ ކަމަށް ބުނާ ފޮޓޯއެއް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. 
ސީއެންއެމް އިން ސުވާލުކުރުމުން މާރަންދޫ ކައުންސިލްގެ ރައީސް ހަސަން އަހުމަދު ވިދާޅުވީ އެއީ އެރަށު "ޒުވާނުންގެ ބަޔަކު ހަރުކުރި އިއުލާނެއް" ކަމަށެވެ. އަދި އެރަށު ދަނޑުގައި އަންހެންވެރިން ފުޓުބޯޅަ ކުޅުން ކައުންސިލުން މަނާ ނުކުރާ ކަމަށެވެ. 

"ތި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އަދި މިހާތަނަށް ކުރި މަސައްކަތުން ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ވަނީ ހޯދާފަ. އަދިވެސް މި އަންނަނީ ތި މައްސަލައިގައި ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 

ދިވެހިރާއްޖޭގައި ޖިންސީ ތަފާތުކުރުން ނައްތާލުމަށް ދައުލަތުގެ އެކި މުއައްސަސާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ދިވެހި މުޖުތަމައުގައި އަންހެނުންނާއި ފިިރިހެނުންނަކީ ހަމަހަމަ ބައެއް ނޫންކަމަށް ދެކޭ މަދުބަޔަކު ދިރިއުޅެއެވެ.
ހިޔާލު

އަލީ

ހެޔޮނުވާނެ ޖިންސީ ނުކިޔާ ޖިންސުގެ ތަފާތު ކުރުން މިހެން ލިޔަން ތިނޫސްވެރިން ހަނދާން ބަހައްޓަބަލަ. ޙަމަ ބޮލަށް އިނދސގޫވެގެން

ރޮސީ

ސާބަހޭ 👏👏👏👏