Gulhun badhahikoh medhu fantheege viyafaarithah kuriaruvan China aaeku MOU ehgai soikohfi
image
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ގުޅުން ބަދަހިކޮށް މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ޗައިނާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި، ސްޓެންޑާޑްސް އަދި ކޮންސިއުމާ ޕްރޮޓެކްޝަންގެ ދާއިރާއިން ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަންގެ މިނިސްޓަރު ޖޭންގ މާއޯ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ހައިލެވެލް ބައްދަލުވުންތަކެއް ބޭއްވޭނެ ކަމަށެވެ. އެގޮތުން ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް މެދުވެރިކޮށް ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ކަނޑައެޅޭ ދާއިރާތަކުން މަޝްވަރާތައް ވެސް ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ ދެ ގައުމުގެ އޮފިޝަލުން އަދި ތަޖުރިބާކާރުން ދެ ގައުމަށް ޒިޔާރާތްކޮށް ކަމާބެހޭ ތަމްރީނުތައް ފޯރުކޮށްދިނުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ދެ ގައުމުން ކަނޑައަޅާ ދާއިރާތަކުން ކޯޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހިޔާލު

މނ

ޗައިނާ އައް އެތިވަރު ގޮވާފަ ޗައިނާގެ އުނގައް.އައްޗީ ދަނޑިން ތަޅާބަލަ.......

ތަޅު

ނާ މިސަރުކާރު ޗައިނާޔާ ވައިވެސް ނޭޅޭނެ....ޖޯކެއް....