ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
އެހެނިހެން
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މެންބަރު ރޮޒެއިނާ އާދަމް، އެމެރިކާ ސަފީރު އެލެއިނާ ޓެޕްލިޒާއެކު ރޯދަ ވީއްލުމުގައި -- ފޮޓޯ: އެމެރިކާ އެމްބަސީ
14 މެއި 2019
0 ކޮމެންޓް
Tweet
އެމެރިކާ ސަފީރު ހާއްސަ ރޯދަ ވީއްލުމެއް ދެއްވައިފި
ރާއްޖޭގެ ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި ނޫސްވެރިކަމުގައި އުޅޭ ބައެއް ބޭފުޅުންނަށް ހާއްސަކޮށް އެމެރިކާ ސަފީރު އެލެނިއާ ޓެޕްލިޒް ރޯދަ ވީއްލުމެއް ދެއްވައިފި އެވެ.
ހޮނިހިރު ދުވަހު އޮތް ރޯދަ ވީއްލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މެންބަރު ރޮޒެއިނާ އާދަމް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެމެރިކާ ސަފީރު ދެއްވާ ރޯދަ ވީއްލުމެކެވެ.
ރޯދަ ވީއްލުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޓެޕްލިޒް ވިދާޅުވީ ރާއްޖެ އަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެމެރިކާ އާއި ރާއްޖެ އާ ދެމެދު މާލީ ދާއިރާ އާއި، ހެޔޮ ވެރިކަން ހިންގުމާއި، ސެކިއުރިޓީ އަދި މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުވުން ފަދަ ކަންކަމުގައި ގުޅުން ބަދަހިވެފައިވާ ކަން ފާހަގަކުރެއްވި އެވެ.
"ތިބޭފުޅުންނާއެކު ރޯދަވީއްލަން ލިބުނު ފުރުސަތުގެ ސަބަބުން އެމެރިކާއާއި ދިވެހިރައްޖެއާއި އޮތް ގުޅުން އިތުރަށް ހާމަވެ، ދެގައުމުގެ މެދުގައި އޮތް ގުޅުން އިހަށްވުރެން ގާތްވެގެން ހިނގައްޖެ،" ޓެޕްލިޒްގެ ވިދާޅުވި އެވެ.
ޓެޕްލިޒް ރާއްޖެ ވަޑައިގެން ވަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ދެގައުމުގެ ގުޅުން ފުޅާ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށް، ރާއްޖެއަށް އިތުރަށް އެހީވެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފަ އެވެ.
ގުޅުންހުރި
އެމެރިކާ
ރޯދަމަސް
ރާއްޖެ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
އިންޑިއާގެ މިނިސްޓަރަކު ދުވެފައި މަޖިލީހަށް، މީހުންގެ ތައުރީފް އޮހެނީ
18 މިނެޓު ކުރިން
"ޖޭއެސްސީން އަޅުގަނޑު ދުރަށް ޖެހުމަކީ ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި"
22 މިނެޓު ކުރިން
"ހިނގާ މަހަށް" މަސް ދަތުރު ފަށައިފި
22 މިނެޓު ކުރިން
ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި
28 މިނެޓު ކުރިން
އަންހެން ފުޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި
48 މިނެޓު ކުރިން