Parth aai Hina adhi Erica ge medhugai rahumaiytherikamuge gulhun badhahi vehje
image
ހީނާގެ ފެއާވަލް ޕާޓީގެ ތެރެއިން ތިން މީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް--
0 ކޮމެންޓް
 

ޕާތު، ހީނާ އަދި އެރިކާގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިވެއްޖެ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، "ކަސޯޓީ ޒިންދަގީ ކޭ 2" ގައި އަނުރާގް ގެ ރޯލުން ފެނިގެންދާ ޕާތް ސަމްތާން އާއި ޕްރެނާގެ ރޯލުން ފެންނަ އެރިކާ ފެނާންޑެސް އަދި ކޯމޮލިކާގެ ރޯލުން ފެނިގެންދާ ހީނާ ހާންއަކީ ދިވެހި ސިޓިން ރޫމުތަކުގައި ވެސް އާއްމު ނަމަކަށް މިވަނީ ވެފައެވެ.
މިދިޔަ މާޗު މަހުގެ 11 ގައި ޕާތަށް 28 އަހަރު ފުރުނުއިރު ގާތް ރަހުމަތްތެރިންނަށް ބޭއްވި ޕާޓީގައި އެެރިކާ ފެނިގެންދިޔަ ނަމަވެސް ހީނާ ފެނިފައި ނުވާތީ އެކަމާއި ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެ ސުވާލުތަކަށް ރައްދުދީ ޕާތު ވަނީ އެންމެން ހައިރާން ކޮށްލާފައެވެ. އޭނާ ބުނީ، އަތުގައި ހީނާގެ ފޯނު ނަމްބަރު ވެސް ނެތް ކަމަށާއި ހީނާއާ ވާހަކަ ދައްކަނީ ޝޫޓިންގައި ކޮންމެހެން ވެސް ދައްކަން ޖެހޭ ވާހަކައެއް އެކަނި ކަމަށެވެ. އަދި އެމީހުންގެ މެދުގައި ރަހުމަތްތެރިކަން ނޯންނަކަމަށެވެ. އެކަމަކު ޕާތު ވަނީ އެކުގައި މަސައްކަތްކޮށް ޕްރެނާއާއެކު ރަހުމަތްތެރިކަމުގެ ގުޅުން އުފެދިފައިވާ ކަމަށް ބުނެފައެވެ. 

ކޮންމެޔަކަސް މިހާރު މިވަނީ އެކަންކަން މުޅިން ބަދަލުވެ ތިން މީހުންގެ މެދުގައި ވެސް ގުޅުން ބަދަހިވެފައެވެ. އެކުގައި މަސައްކަތް ކުރަން ފެށިތާ ގާތްގަނޑަކަށް ތިން މަސް ފަހުން އެކަން ބަދަލުވިއިރު ޕާތު އާއި އެރިކާ އަދި ކަސޯޓީގެ ޓީމުގެ ބައެއް މެމްބަރުން ގުޅިގެން މިވަނީ ހީނާއަށް ކުޑަ ފެއާވެލް ޕާޓީއެއް ވެސް ބާއްވަދީފައެވެ. އަދި އިންސްޓަގްރާމު މެދުވެރިކޮށް ތިން ތަރިން ވެސް ވަނީ އެކަކު އަނެކަކާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެވެ. އަދި ހީނާއަށް ކާމިޔާބަށް އެދުމަށް ފަހު އެމީހުން ވަނީ އެނބުރި އައުމުން އަދި އެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. 

ހީނާއަށް ބޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބިފައިވާތީ އޭނާ އެފިލްމުގެ ޝޫޓިންތައް ފެށުމަށް ކަސޯޓީ ޝޯއިން ކުޑަ ބްރޭކެއް ނަގާފަވެއެވެ. އެހެންވެ ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ޝޫޓިންގައި ހީނާ އުޅެން ޖެހޭނެތީ ކޯމިލިކާގެ ރޯލަށް އެހެން ތަރިއަކު ނަގަން އުޅުނު އަޑުތައް ވެސް އެރިއެވެ. އެކަމަކު ކަސޯޓީގެ އުފެއްދުންތެރިން އެކަން ދޮގުކޮށް ބުނީ، ހީނާ ނޫން ތަރިއަކު ކޯމޮލިކާގެ ރޯލުން ނުފެންނާނެ ކަމަށެވެ. އެހެންކަމުން ފިލްމު ޝޫޓިންއަށް ފަހު ހީނާ އެނބުރި ކަސޯޓީގެ ޓީމާއި ގުޅޭނެއެވެ. 


">
ފިލްމު ޝޫޓިންނަށް ހީނާ ބްރޭކެއް ނަގާފައިވާއިރު ކަސޯޓީ ޝޯގަ އެންމެ ފަހުން އޭނާ ފެނިގެންދާނެ އެޕިސޯޑުގެ ޝޫޓިންތައް އޭނާ މިހާރު ވަނީ ނަގައި ނިންމާލާފައެވެ.
ހިޔާލު