BML inn dhe meehakah furolhulee gondi hadhiyaa koffi
image
ވީލްޗެއާ ހަވާލުކުރި ދެފަރާތާއެކު ބީއެމްއެލްގެ ބައެއް މުވައްޒިފުން---ފޮޓޯ: ބީއެމްއެލް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބީއެމްއެލުން ދެ މީހަކަށް ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ އެހީއަށް ބޭނުންވާ ދެފަރާތަކަށް އަނެއްކާ ވެސް ފުރޮޅުލީ ގޮނޑި ހަދިޔާ ކޮށްފިއެވެ.
ބީއެމްއެލުން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު ފުރޮޅުލީ ގޮނޑި ހަވާލުކޮށްފައިވަނީ ށ. ފުނަދޫ މީހަކަށާއި ށ. މާނއުގޫދޫ މީހަކަށެވެ.


އެ ވީލްޗެއާތައް ބީއެމްއެލް އިން ހަދިޔާކުރަމުން ދަނީ ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއާ އަމިއްލަ އަށް ދުއްވޭނެ ފަރާތްތަކަށެވެ. 

ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެމުން އަންނަ ކަމަށާއި އެޕްރޮގްރާމުގެ ދަށުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލެއް އައުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ 60 މީހަކަށް ފުރޮޅުލީ ގޮނޑި ހަދިޔާ ކުރަން ބީއެމްއެލް އިން ވަނީ ނިންމާފައެވެ. އެގޮތުން މީގެކުރިން ވެސް ބީއެމްއެލުން ވަނީ ރާއްޖޭގެ ހަތް ރަށެއްގައި ދިރިއުޅެމުން އަންނަ 16 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައެވެ.
ބީއެމްއެލް
ހިޔާލު