Dengue hun jehigen report kuraa minvaru adhives madheh nuvey!
image
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗު -- ފޮޓޯ:ރާއްޖެ.އެމްވީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އަދިވެސް މަދެއް ނުވޭ!

ވޭތުވެދިޔަ ތިން އަހަރުގެ ޖެނުއަރީން އޭޕްރީލް މަހަށް ޑެންގީ ޖެހުނު މިންވަރަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ އިން އޭޕްރީލް މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެގޮތުން މިމަހަށް ބަލާއިރު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހދ، ނ، ރ އަދި ލ އަތޮޅުންނެވެ. މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 2102 މައްސަލަ ރިޕޯޓްކޮށްފައިވާއިރު ވޭތުވެ ދިޔަ ތިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާ އިރު މި އަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު އަދިވެސް ދަނީ އިތުރުވަމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރު މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ، ބ، ގއ އަތޮޅުންނާއި މާލެ އިންނެވެ. އެގޮތުން ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މީހާތަނަށް 926 މައްސަލަ ވަނީ ރިޕޯޓްކޮށްފައި ކަމަށް އެޗްޕީއޭ ބުނެ އެވެ. 

އެހެންކަމުން ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


ހިޔާލު