Aridhafus roaga jehigen report kuri minvaru dhashah!
image
އައިޖީއެމްއެޗުގެ ވޯޑެއް---ފޮޓޯ:މިހާރު
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މިންވަރު ދަށަށް!

ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަހަރު މިހާތަނަށް 60793 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު މާޗު މަހާ އަޅާ ބަލާއިރު އޭޕްރީލް މަހުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

އޭގެ އިތުރުން ފާއިތުވެ ދިޔަ ދެ އަހަރުގެ މިދުވަސްވަރު އަރިދަފުސް ރޯގާގެ އެކި ވައްތަރުތައް، ހާއްސަކޮށް އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަމަށް ވާތީ އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް ވެސް ހެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެގޮތުން މާޗު މަހުގައި 75 މީހުން ޓެސްޓް ކުރެވުނު އިރު ހަ މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. އަދި އޭޕްރީލް މަހުގައި 109 މީހުން ޓެސްޓް ކުރެވުނުއިރު ހަތް މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެއެވެ. އެގޮތުން މިއަހަރު މިހާތަނަށް 358 މީހުން ޓެސްޓް ކުރެވުނުއިރު ޕޮސިޓިވް ވެފައިވަނީ 26 މީހުން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ހިޔާލު