Market agu thah: Roadha mahuge furathama 10 dhuvas, thakethi libumugai dhachcheh nei
image
މާރުކޭޓަށް ވިއްކަން ގެނެސްފައިހުރި ފަޅޮލާއި ކަރާތަކެއް--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މާރުކޭޓު އަގުތައް: ރޯދަމަހުގެ ފުރަތަމަ 10 ދުވަސް، ތަކެތި ލިބުމުގައި ދައްޗެއް ނެތް

މި ރޯދަމަހުގެ ފުރަތަމަ 10 ދުވަސް ނިމެންދާއިރު، ބާޒާރުމަތި ވަރަށް ހަލަބޮލިކަން ފާހަގަ ކުރެވެއެވެ. އަދި ރަށްތަކުން ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާބޮޑު ތާށިކަމެއް ނެތި، މާރުކޭޓާ ހަމައަށް ގެނެވި، ތަކެތީގެ އަގުތައް ދާދިއެއްވަރެއްގައި ހިފެހިއްޓިފައިވެއެވެ.  
މި ރޯދަމަހުގެ އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ބާޒާރުގެ އަގުތަކުގައި މާބޮޑު ތަފާތެއް ނެތެވެ. އަގު ބޮޑުވެގެން 5ރ އަދި އަގު ހެޔޮވެގެން 5ރ ތަފާތެއް ވަރަށް މަދު ބާވާތްތަކުން ފެނުނު ނަމަވެސް އާންމުކޮށް ހުރީ އެއް އަގުތަކެއްގައި ހިފެހެއްޓިފަ އެވެ. 

ބާޒާރުގައި ތަކެތީގެ އަގުތައް


 • މިރުސް، 100 ގްރާމް: 15ރ-70ރ އަށް

 • ކަރާ ކިލޯއެއް: 20ރ އަށް

 • ޓޮމާޓޯ ކިލޯއެއް: 50ރ-55ރ އަށް

 • ބަރަބޯ ކިލޯއެއް: 25ރ-50ރ އަށް

 • ކިއުކަންބާ ކިލޯއެއް: 20ރ-30ރ އަށް

 • ލެޓިއުސް ކިލޯއެއް: 80ރ އަށް

 • 4 ފަތުގެ ކޮޕީފަތް ބޮނޑިއެއް: 10ރ އަށް

 • ކުއްޅަފިލާފަތް ބޮނޑިއެއް: 10ރ އަށް

 • ލުނބޯ ކިލޯއެއް: 35ރ-40ރ އަށް

 • ފަޅޯ ކިލޯއެއް: 20ރ-30ރ އަށް

 • ޕެޝަންފުރުޓް ކިލޯއެއް: 85ރ އަށް

 • ފޭރު ކިލޯއެއް: 70ރ އަށް

 • އަނބު ކިލޯއެއް: 70ރ-90ރ އަށް

 • އަލަނާސި ގަނޑެއް: 30ރ-45ރ އަށް

 • ދޮންކެޔޮ ވަކެއް: 4ރ-6ރ އަށް

 • ކެރެޓް ކިލޯއެއް: 20ރ އަށް

 • ކެބޭޖް ކިލޯއެއް: 40ރ- 50ރ އަށް

 • ބީންސް ކިލޯއެއް: 45ރ- 55ރ އަށް

 • އަލުވި ކިލޯއެއް: 16ރ އަށް

 • ފިޔާ ކިލޯއެއް: 10ރ- 15ރ އަށް

 • ބަނބުކެޔޮ: 50ރ-85ރ އަށް

 • ބަށި ކިލޯއެއް: 45ރ އަށް

 • ބިސް ކޭހެއް: 380ރ އަށް

 • ކާއްޓެއް: 5ރ- 15ރ އަށް

 • ކުނރުބަލެއް: 25ރ-35ރ އަށް

ހިޔާލު