AC massala hallu kurumuge masakkaiy fashaifin: IGMH
image
އައިޖީއެމްއެޗް --
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އައިޖީއެމްއެޗްގެ އޭސީ ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސެންޓްރަލް އެއާ ކޮންޑިޝަން ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކޫލިން ޓަވަރެއް ގެނެސްފައިވާ ކަމަށާއި، އެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. 
އެ ހޮސްޕިޓަލުގެ އެއާކޮންޑިޝަން ނިޒާމަށް މައްސަލަ ދިމާވެ އެކި ސަރަހައްދުތަކުގައި ވަނީ ސްޓޭންޑް ފަންކާ ބަހައްޓާފަ އެވެ. އެކަމަށް އިޝާރާތްކޮށް އިދިކޮޅު ޕީޕީއެމުން ރޭ ވަނީ އައިޖީއެމްއެޗްގެ ހިދުމަތްތަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފަ އެވެ. 

"ސިއްހީ ދާއިރާއަކީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ލިބެން ޖެހޭ ދާއިރާއަށްވެފައި މި ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތް ނުލިބުމަކީ މި ޕާޓީއިން ކަންބޮޑުވާ މައްސަލައެއް،" ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ވެއެވެ. 

މިއަދު ސީއެންއެމް އިން ގުޅާލުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސެންޓްރަލް އެއާކޮންޑިޝަން ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން އެކަމަށް ބޭނުންވާ ކޫލިން ޓަވަރު މިހާރު ރާއްޖެ އައިސްފައިވާތީ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލުވުން ކަމުގައި އޮފިޝަލު ވިދާޅުވި އެވެ. 
ހިޔާލު