Audit report hushanaalhaa party thakaai medhu alhaane fiyavalheh maadhamaa nimmanee
image
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް އަދި ކޮމިޝަންގެ މެމްބަރު އަކްރަމް -- ފައިލް ފޮޓޯ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކާއި މެދު އަޅާނެ ފިޔަވަޅެއް މާދަމާ ނިންމަނީ

އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކާއި މެދު އަޅާނެ ފިޔަވަޅެއް މާދަމާ ނިންމާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކާއި މެދު އަޅާނޭ ފިޔަވަޅެއް މާދަމާ އޮންނަ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާނޭ ކަމަށެވެ. އޭގެ އިތުރުން ފައިސާ ލިބޭ ޕާޓީތައްވެސް މާދަމާ އޮންނަ ބައްދަލުވުމުގައި ނިންމާނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އޮޑިޓް ރިޕޯޓް އަދި އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ޕާޓީތަކަށް ފައިސާ ލިބޭނެ. މާދަމާ ކޮމިޝަންގެ ބައްދަލުވުން އޮންނާނީ. އޭގައި އަޅުގަނޑުމެން ނިންމާނަން ރިޕޯޓް ހުށަނާޅާ ޕާޓީތަކާއި މެދު އަމަލުކުރާނޭ ގޮތެއް،" އަކްރަމް ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިންނެވެ. އަދި އޮޑިޓް ރިޕޯޓް ހުށަހާޅަފައި ނުވަނީ އަދާލަތު ޕާޓީއާއި ޑީއާރުޕީ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި އެ ސިޔާސީ ޕާޓީއެއްގެ އޮޑިޓް ރިޕޯޓް، އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރެއް މެދުވެރިކޮށް، އޮޑިޓް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ އެވެ
އީސީ ސިޔާސީ ޕާޓީ
ހިޔާލު