Geybisee thakah behumah 3 kunfunyakah LED light havaalukoffi
image
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އެންވަޔަރަމެންޓް މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގޭބިސީތަކަށް ބެހުމަށް ތިން ކުންފުންޏަކަށް ލެޑް ލައިޓް ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ލައިޓް ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ ލެޑް ލައިޓް ތިން ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.
އެންވަޔަރަމެންޓު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލެޓް ލައިޓް ހަވާލުކޮށްފައިވަނީ ޔޫޓިލިޓީ ކުންފުނިތަށް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަދި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަށެވެ.

އެރަސްމިއްޔާޓުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި މަދުން ހަކަތަ ބޭނުން ކުރާ ތަކެތި ގަތުމަށާއި އާއްމު ދިރިއުޅުމުގައި ހަކަތައިގެ އިސްރާފު ކުޑަވާނެ ގޮތަކަށް އާދަތައް ބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެމަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދެ ލެޑް ބޮކި ދޫކުރުމަށް ނިންމާފައިވާއިރު އެލެޑް ބޮކިތަކަކީ ތިމާވެއްޓާ ރައްޓެހި، ކަރަންޓު ހަރަދުކުޑަ ބޮކިތަކެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އޭގެ 200،000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓރްީން ވަނީ ބުނެފައެވެ.

ހިޔާލު