Mas market: Roadha mahuge furathama 10 dhuvas, kandumas kilo eh 35 Rufiyaa ah
image
މަސް މާރުކޭޓުގައި މީހަކު ފަރުމަހެއް ގަންނަނީ -- ފޮޓޯ: ސީއެންއެމް
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މަސް މާރުކޭޓް: ފުރަތަމަ 10 ދުވަހު ކަނޑުމަސް ކިލޯއެއް 35 ރުފިޔާއަށް

މި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު މަސްމާރުކޭޓުގައި، ކަޅުބިލަމަހާއި (ކަނޑުމަސް)، ކަންނެލީގެ އަގަށާއި ފަރުމަހުގެ އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.
މިރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ކަނޑުމަހާއި ކަންނެލި ކިލޯއެއް އުޅެނީ 40ރ އާއި 30ރ އާދެމެދުގެ އަގުތަކުގަ އެވެ. އެވްރެޖްކޮށް ކިލޯއެއް އުޅެނީ 35ރ އަށެވެ. މި 10 ދުވަހު ފާހަގަ ކުރެވޭ އަނެއް ކަމަކީ ކަނޑުމަހަށްވުރެ ކަންނެލީގެ އަގު ބޮޑުކަމެވެ. އާންމުކޮށް، ކަނޑުމަހަކީ ކަންނެއްޔަށްވުރެ އަގު ބޮޑުކޮށް ވިއްކާ މަހެކެވެ. މި ރޯދަމަހު ކަނޑުމަސް ކިލޯއެއް 35ރ އަށް ވިއްކާއިރު ކަންނެލި ވިއްކަނީ ކިލޯއެއް 40ރ އަށެވެ. 

އާންމުކޮށް ރޯދަމަހު ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔަނަމަވެސް މި ރޯދަ މަހުގެ ފުރަތަމަ 10 އެއް މި ނިމެނީ ކަނޑުމަހުގެ ބާވަތްތައް އެއް އަގެއްގައި ހިފެހެއްޓި އަދި އެހެން ރޯދަމަސްމަހަށްވުރެ، އަގު ހެޔޮކޮށް ކަނޑުމަހުގެ ބާވަތްތައް މަސްމާރުކޭޓުން ލިބެން ހުއްޓަ އެވެ. މަސްމާރުކޭޓުގައި ފަރުމަހުގެ އަގުތަކަށް ބަލާއިރު، ބައެއް ދުވަސްތަކުގައި ބޮޑެތި ފަރުމަސް ވަރަށް ތިޔާގި ނަމަވެސް އަގަށް މާބޮޑެތި ބަދަލުތަކެއް އަންނަތަނެއް ނުފެނެއެވެ. ފަރުމަހުގެ އަގުތައްވެސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް އާންމުކޮށް ފަރުމަހަކީ އަގުބޮޑު މަހެކެވެ. ހާއްސަ ރޯދަމަހު ފަރުމަހުގެ އަގު ވަރަށް މައްޗަށް ދެއެވެ.  

މާރުކޭޓްގައި އެންމެ ހިނގަނީ ރަތްމަހާއި ފިލޮޅާއި ގިޔުޅާއި މާނިޔާ މަހެވެ. އާދައިގެ ވަރެއްގެ ރަތް މަހެއް 150ރ އާއި 200ރ އަށް އުޅޭއިރު، ބޮޑު ރަތްމަހެއް އުޅެނީ 450ރ އާއި 500ރ އަށެވެ. ރަތްމަހަކީ މާރުކޭޓްގައި އެންމެ އަގުބޮޑު މަހެވެ. ބޮޑެތި ގިއުޅާއި ފިލޮޅު ހުރީ 275ރ އާއި 150ރ އާދެމެދު އަގުތަކުގަ އެވެ. ގިއުޅާއި ފިލޮޅުގެ އިތުރުން ފާނައާއި މާނިޔަމަހާއި ބޮޑެތި ހަނދި މަހާއި ކުރުމަހާއި ފަރުމަހުގެ އެކިބާވަތްތަކާއި ބޯވައާއި ބޯވަ ދިލަމަސްވެސް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ. 

ހިބަރު ކިލޯއެއް 40ރ އަށް ލިބެންހުރިއިރު، ސީފުޑްގެ ބާވަތްތައް ވިއްކަން ހުރީ އެކި އަގުތަކުގަ އެވެ. 

ހިޔާލު