Rodhavihlaane restaurant thah mihaaru onlinekoh book kureveyne
image
ފޮޓޯ: ޕޭޔަރ
ގުފްތަގު އަޖީރު
0 ކޮމެންޓް
 

ރޯދަ ވީއްލާނެ ރެސްޓޯރެންޓުތައް މިހާރު އޮންލައިންކޮށް ބުކް ކުރެވޭނެ

ރޯދަވީއްލަން ރެސްޓޯރަންޓުތައް އޮންލައިންކޮށް ބުކް ކުރެވޭނެ އިންތިޒާމް "ޕޭޔާ" އިން ހަމަޖައްސައިފިއެވެ. 
ޕޭޔާއިން "އިފްތާރް ބުކިން" ސާވިސް ދެނީ ހިލޭ ދޭ ހިދުމަތެއްގެ ގޮތުގައެވެ. މި ހިދުމަތަކީ 24 ގަޑިއިރު ލިބެން ހުންނާނެ ހިދުމަތެކެވެ. އަދި ރޯދަ ވިއްލަން ހުރި ތަކެތީގެ މެނޫ ވެސް ބަލައިލެވެއެވެ. "ޕޭޔާ" މެދުވެރިކޮށް އަދި ބުކް ކުރެވެން ހުރީ މާލެ، ހުޅުމާލެ އަދި ފުވައްމުލަކުގެ ރެސްޓޯރަންޓުތަކެެވެ. މި ހިދުމަތް "ޕޭޔާ" ގެ އެޕްލިކޭޝަނުން އަދި ވެބްސައިޓް މެދުވެރިކޮށްވެސް މިހާރު ލިބެން ހުންނާނެއެވެ. 

"އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންގެ ދިރިއުޅުން ވީހާވެސް ފަސޭހަކޮށްދިނުން. މިހާރު އޮންލައިންކޮށް ޓޭބަލްތައް ބުކްކޮށް އެއަށް ޕޭމަންޓު ހަދައިލެވޭނެ. އިފްތާރް ބުކިން ސާވިސް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކަސްޓަމަރުންނަށް ފަސޭހަވާ ތަންކޮޅަކީ ހުރިހާ މެނޫއެއް އެއްތަނަކުން އެބަބަލާލެވޭ. ތަންތަނަށް ގުޅައިގެން އެވައިލަބިލިޓީ ބަލާކަށް ނުޖެހޭނެ. ތަންތަނަށް ގޮސް އެޑްވާންސް ޕޭމަންޓު ހަދާކަށްވެސް ނުޖެހޭނެ. އޮންލައިންކޮށް ފަސޭހައިން ބުކް ކޮށްލެވޭނެ،" "ޕޭޔާ" ގެ ސީއީއޯ އަލީ ހާރިސް ވިދާޅުވިއެވެ. 

"ޕޭޔާ" ގައި ބައިވެރިވާން ބޭނުންވާ ރެސްޓޯރަންޓުތަކަށް ހިލޭ އެ އެޕްލިކޭޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުންފުނިން ބުނެއެވެ. 

"ޕޭޔާ" އަކީ ރާއްޖޭގައި ހިދުމަތްދޭ އޮޕަރޭޓަރުންގެ ބިލުތައް އޮންލައިންކޮށް ދެއްކުންފަދަ ހިދުމަތްތައް ދޭ އެޕްލިކޭޝަނެކެވެ. އަދި ފޯނުތަކަށް "ރިލޯޑު" ފަދަ ހިދުމަތްތައް ދިނުމާއި، ގިފްޓް ކާޑު ވިއްކުމުގެ ހިދުމަތްދޭ އެޕްލިކޭޝަނެކެވެ. 

ހިޔާލު