BREAKING NEWS: CNM aa dhekolhah ''Supreme Court'' in mahasalaeh hushahalhaifi
image
ސްޕްރީމް ކޯޓް.-- ފޮޓޯ: އަވަސް
6 ކޮމެންޓް
 

ސީއެންއެމް އާ ދެކޮޅަށް "ސުޕްރީމް ކޯޓުން" މައްސަލައެއް ހުށަހަޅައިފި

ސީއެންއެމް އާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދާދި ދެންމެއަކު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސީއެންއެމްގައި މި މަހުގެ 12 ވަނަ ދުވަހު "ދީބާޖާ މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެންގެވިކަމުގެ ތުހުމަތު!"ގެ ނަމުގައި ޝާއިއު ކުރި ލިޔުމަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގުވެރި ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގުވައްޓައިލައި، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓުގެ ހުރުމަތް ކަނޑައިލައި، އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޯޓުންކުރާ މަސައްކަތަށް ހުރަސް އެޅުމަށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

"އެކަމާއި ގުޅިގެން ކުރާންޖެހޭ ތަހުގީގުތައްކޮށް، އަޅާންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް މީޑިޔާ ކައުންސިލަށް މި ޑިޕާޓްމަންޓުގެ ފަރާތުން 15 މެއި 2019 ވީ ބުދަ ދުވަހު ހުށައަޅައިފައިވާ ވާހަކަ ދަންނަވަމެވެ." ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ދީބާޖާގެ ފައިސާގެ ދެބައިކުޅަ އެއްބައި ލިބޭނީ އަލްހާންގެ ލޯފާމަށް: 

ދީބާޖާ އިން "ސަކްސެސް ފީގެ ގޮތުގައި" އަލްހާންގެ ހިއްސާ އޮންނަ ލޯފާމު، "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" އަށް 174 މިލިއަން އަށްވުރެ ގިނަ ރުފިޔާ ދޭން ޖެހޭގޮތަށް އޮތްކަން ވަނީ ހާމަވެފައެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ސޮއިކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުންވަނީ ނިންމާފައެވެ. 

މިމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުގެ މަސައްކަތް ކޮށްފައިވަނީ "ކިންްގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސް" ލޯފާމުންނެވެ. 

" ދީބާޖާ އިންވެސްޓްމަންޓާއެކު" އެ ލޯފާމުން ވެފައިވާ އެގްރީމަންޓުގައި ބުނެފައިވަނީ ދީޖާބާއަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާ، 384،995،154.60 ރުފިޔާގެ 50 ޕަަސަންޓު އެޓާނީގެ "ސަކްސެސްފީގެ" ގޮތުގައި ކަނޑައަޅައި، ހައިކޯޓު ނިންމުން ކްލައިންޓުގެ ފަރާތުން އެޓާނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އަދި އިސްތިއުނާފު މައްސަލައިގައި ބަޔާންކޮށްފައިވާ ފައިސާ ކްލައިންޓަށް ލިބެންޖެހޭނެކަމަށް ކަނޑައަޅައި، އަދި އިތުރަށް ލިބޭ ކޮންމެ ފައިސާއެއްގެ ވެސް 50 ޕަސަންޓު ލޯ ފާމަށް ދޭންޖެހޭނެކަމަށެވެ. 

ހުކުމް ރިވިއުކުރުމަށް އަންނަނީ ގޮވާލަމުން: 

ދީބާޖާއަށް ފައިސާ ދޭން ކޮށްފައިވާ ހުކުމް އަލުން އެކޯޓުން ރިވިއުކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުވެސް ވަނީ ގޮވާލައްވާފައެވެ. 

އަދި ހުކުމް ރިވިއު ކުރުމަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަންސް އަބްދުއް ސައްތާރު ވެސްވަނީ ގޮވަލައްވާފައެވެ.

މި މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ބަންޑާރަނައިބުގެ ފޮފީހުން މިހާރު ސުޕްރީމްކޯޓުގައި ވަނީ އެދިފައެވެ. 
ހިޔާލު

ކަލޯވާ

ހާދަ ވަރެއްވެއްޖެޔޭދޯ ލާރިހިފިވާހަކަ ލިޔުނީމަ. ސީއެންއެމް އަށް ސާބަސް. ފަނޑިޔާރުންގެ ނަމުގައި ތިބި ވަގުން ހިފާ ހައްޔަރުކުރަން ގޮވާލަން.

ފާތުމަ

ފުރަތަމަ ކަދުރު. މިހާރު ދީބާޖާ. ސާބަހޭ ސީއެންއެމް. ތިއީ ގަދަފަދަ ބައެއް.

ޝަމީމް

ބަލަގަ މޮޔޮފުޅު ވީތޯ
ފަޑިޔާރުން ހިންގާ ކޮރަޕުޝަނާއި
ރިޝްވަތުގެ ވާހަކަ ޑިމޮކުރަސީގެ 4 ވަނަ ބާރުން ގެނެސް ދިނުމަކީ ފަޑިޔާރުންގެ އަބުރު
ކަތިލުމެއް ނޫނޭ 👊💸

ހިއްވަރު

މާޔޫސް ނުވާތި ތިމީހުން ސައުޒުވާނެ ދުވަސްވެސް އަންނާނެ ދައުލަތުގެ އެހެން ބާރުތަކުން ކުރާކަންތަކަށް ފާޑުކިޔެންޏާމު ކޯޓުތަކުން ކުރާހުކުމްތަކަށްވެސް ފާޑުކިޔޭނެ

މީނާ

ހިއްވަރު ކުރާތި މަމެންނަށް ދެވޭނީ ހިޢްވަރު

އަޒީމް

ފަނޑިޔާރުން ހިންގާ ރިސްވަތުގެ އަމަލުތަކާ ހިޔާނާތުގެ ވާހަކަ ނޫސްވެރިން ގެނެސްދިނުމަކީ އެމީހުންގެ އަބުރު ކަތިލިމެއްނޫން، އެއީ ނޫސްވެރިކަން