Raees Yameen ge dhe mahsala ves Supreme Court gai
image
ރައީސް ޔާމީން: ދެ މައްސަލަ ވެސް ދައުލަތުން ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައި.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ރައީސް ޔާމީންގެ ދެ މައްސަލަ ވެސް ސްޕްރީމް ކޯޓުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރެއް، ހައި ކޯޓުން ބާތިލް ކުރުމާއި ގުޅިގެން އެ ދެ މައްސަލަ ވެސް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ބިޝާމް ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސް އަށް ވިދާޅުވީ ސްޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވަނީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލަ ނިމެންދެން ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލް ކުރި މައްސަލަ ކަމަށެވެ. އަދި އޭގެ އިތުރުން ރައީސް ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލް ކުރި މައްސަލަ ވެސް ޕީޖީން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބިޝާމް ވިދާޅުވި އެވެ.

އޭގެ ތެރެއިން ރައީސް ޔާމީނުގެ އެކައުންޓްތައް ދޫކޮށްލި މައްސަލަ، ސްޕްރީމް ކޯޓުގައި މާދަމާ ކުރިއަށް ގެންދާނެ އެވެ. ސްޕްރީމް ކޯޓުން އެ މައްސަލަ ޝެޑިއުލް ކޮށްފައި ވަނީ މާދަމާ 10:15 ގައި ކުރިއަށް ގެންދިއުމަށެވެ. އެ މައްސަލަ ބަލާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

"އަސްލު މަނީލޯންޑަރިންގެ މައްސަލަ އެއޮތީ ކްރިމިނަލް ކޯޓްގައި. އިތުރު ހިޔަރިން އަކަށް ނެތް ޝެޑިއުލް ކުރައްވާފައެއް. މާދަމާ އޮތް މައްސަލައަކީ އެކައުންޓްތައް ފްރިޒްކުރުމާ ގުޅިގެން އަޅުގަނޑުމެން ކްރިމިނަލް ކޯޓުން އެއިރު ހޯދި އަމުރު އެބޭފުޅުން އިސްތިއުނާފްކުރެއްވީ ހައިކޯޓްގައި. އިސްތިއުނާފްކުރެއްވީމަ ބައްލަވާފަ ފައިސާ ނުހިފެއްޓޭނެކަމަށް ނިންމެވި ނިންމެވުން އެ އޮތީ އިލްތިމާސްކޮށްފައި" ބިޝާމް ޕީއެސްއެމް އަށް ވިދާޅުވި އެވެ.
ހިޔާލު

ހަލާކު

ޤައުމު ނުހިންގިގެން އުޅުމަކީ އަހަރަމެންގެ ކުށެއްބާ. މިކަމުގަ ޒިންމާ ނަގަނީ ކާކު؟ ކޮބާ ސަލާން ޖަހަމުން ދޮގު ވާހަކަ ފަތުރަމުން ދުވި ގްރޫޕްތައް.