Keerithi Quran dhigu raagah dhaskohdhey program eh Islamic University ga fashaifi
image
ބަރްނާމަޖް ތަހްސީން ތަލަހްފުޒް ގުރުއާނުލް ކަރީމް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:އައިޔޫއެމް
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

ކީރިތި ގުރުއާން ދިގު ރާގަށް ދަސްކޮށްދޭ ޕްރޮގްރާމެއް އިސްލާމިކް ޔުނިވަސިޓީގައި ފަށައިފި

ކީރިތި ގުރުއާން ދިގުރާގަށް ދަސްކޮށްދިނުމާއި، ގުރުއާން ކިޔެވުމުގެ ހުނަރުތައް ދަސްކޮށްދޭ ހާއްސަ "ބަރްނާމަޖް ތަހްސީން ތަލަހްފުޒް ގުރުއާނުލް ކަރީމް" ޕްރޮގްރާމް ރޭ ފަށައިފި އެވެ. 
ރޭ އެ ޕްރޮގްރާމް ރަސްމީކޮށް އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ފަށާފައިވާއިރު އެރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކާފައިވަނީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަ އަލްއުސްތާޒާ އައިޝަތު ހަލީލާ އަބްދުލް ސައްތާރެވެ.

އެ މުބާރާތަކީ ރޯދަމަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ މަގްސަދުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކީރިތި ޤުރްއާން ދިގުރާގަށް ދަސްކޮށްދިނުމާއި، ޤުރްއާން ކިޔެވުމުގެ ހުނަރުތައް ދަސްކޮށްދީ، ޤުރްއާން ކިޔެވުމުގައި ތަރައްފުޡު ފުރިހަމަކުރަން ދަސްކޮށްދޭ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގައި ކިޔަވާ ދެއްވާނީ ރާއްޖޭގެ މަޝްހޫރު ގާރީއެއްކަމުގައިވާ އަލްގާރީ އަހްމަދު ތައުފީގުއެވެ. އެޕްރޮގްރާމު ކުރިއަށް ގެންދަނީ ރޯދަމަހުގެ ކޮންމެ އަންގާރަ އަދި ބުދަ ދުވަހެއްގެ ރޭގަނޑު 21:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ހޯލުގައެވެ.

ހިޔާލު