Holhi dhandeega assaafa huri meehaa aai eynaage dharifulhu dhaulathuge belumuge dhashah gengosfi
image
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު -- ފޮޓޯ: ޕީއެސްއެމް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ އާއި އޭނާގެ ދަރިފުޅު ދައުލަތު ބެލުމުގެ ދަށަށް ގެންގޮސްފި

ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ށ. ފޭދޫގައި ބަޔަކު އަނިޔާކުރާ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެ އަންހެން މީހާ އާއި އޭނާގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ އަންހެން މީހާ އާއި އޭނާގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ދަރިފުޅު ވެސް މިހާރު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށެވެ. 

އޭނާގެ ފިރިމީހާއަކީ ވެސް ކޮންމެވެސް ވަރަކަށް ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަމުން އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވޭތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ، "އެމީހާއަކީ އަމިއްލަ ހާލައިގެން އުޅެވޭ މީހެއް" ކަމަށެވެ. 

އެނގިފައިވާ ގޮތުގައި އެއަންހެން މީހާއާއި ފިރިހެން މީހާގެ 18 އަހަރުން ދަށުގެ ދެ ކުދިން ތިބެއެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެކުދިން ހަވާލު ކުރާނީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އާއިލާގެ މެމްބަރުންނާ ކަމަށެވެ. 

އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއިން ފެންނަނީ އަންހެނަކު ހޮޅިދަނޑިއެއްގައި އައްސާ އޭނާގެ ބޮލަށް ގޯންޏެއް މަހާފައިވާ މަންޒަރެވެ. ށ. ފޭދޫގައި ހިނގި އެ ލާއިންސާނީ އަމަލު ހިންގާފައިވަނީ ކޮން ބައެއްކަން އަދި ނޭނގޭއިރު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ އެ ރަހުމުކުޑަ އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.


ހިޔާލު