Beyru aagu boatehgai oih haalubodu bali meehakah MNDF inn eheetherikan foarukohdheefi
image
ހާލު ބޮޑު މީހާ އަށް އެހީތެރިކަން ފޯރުކޮށްދެނީ -- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އެމްއެންޑީއެފުން އެހީވެއްޖެ

ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލި މީހަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އިންޑިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުުރު ކުރި "އެމްވީ ސީއީވީޑީއީޓީ - އޭ (މަލްޓާ ފްލެގް ކެމިކަލް ޓޭންކަރު) ގައި އޮތް ހާލުބޮޑު ބަލި މީހާއާ ގުޅޭ ރިޕޯޓު، އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ހަވީރު 16:57 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު ސ. ހުޅުމީދޫ ދެކުނުން ފަސް ނޯޓިކަލް މޭލާއި ހަމައަށް މިއަދު ހެނދުނު 07:40 ހާއިރު ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް ހަކުރާއަށް ނަގާފައި ކަމަށެވެ. 

އެ ބަލި މީހާ ވަނީ އައްޑޫ ސިޓީ ފޭދޫއަށް މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު ވަނީ ގެންގޮސްފަ އެވެ. އެ މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފައި ވަނީ ސިއްޙީ އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް
ހިޔާލު