Stand badhalukurumun fiyavalhu alhan jehidhaane kamah nubuneveyne: PG
image
ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތް ބިޝާމް -- ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ ޔާމީން
4 ކޮމެންޓް
 

ސްޓޭންޑް ބަދަލުކުރުމުން، ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ނުބުނެވޭނެ: ޕީޖީ

މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ ސްޓޭންޑް ބަދަލުކުރިޔަސް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައި ކޯޓަށް ނޭންގޭނެ ކަމަށް ޕީޖީ އައިޝަތް ބިޝާމް ވިދާޅުވެއްޖެއެވެ.
ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައިކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފު ޝަރީއަތުގެ މަޖިލީހުގައި އެމައްސަލަ ބައްލަވަން އިންނެވި ފަނޑިޔާރު ވިދާޅުވީ އިސްތިއުނާފު މަރުހަލާގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާނަމަ އެކަމަކީ ޕީޖީއާއި ދެކޮޅަށް ފިޔަވަޅު އެޅިދާނޭ ކަމެއް ކަމަށެވެ.

އެކަމާއި ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ މިހާތަނަށް އެއްވެސް މައްސަލައެއްގައި ސްޑޭންޑް ބަދަލުކޮށްފައިވާ ނަމަ އެ ސަބަބެއް ކޯޓުތަކުގައި ހާމަކުރައްވާފައިވާނޭ ކަމަށެވެ. ހަމަ ހުރެފައި އެއްވެސް ސްޓޭންޑެއް ބަދަލުނުކުރާ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ބިޝާމް ވިދާޅުވީ ސްޓޭންޑް ބަދަލުކޮށްފައިވާނަމަ ބަދަލުކޮށްފައިވާނީ، "ރީޒަންސްއާއެކު ގްރައުންޑްސްއާއިއެކު" ކަމަށެވެ.

އޭގެ އިތުރުން ޤާނޫނުއަސާސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނުން ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން، ދައުވާކުރުމަށް ނިންމާ ނިންމުން އަނބުރާ ގެނައުމާއި، އެނިންމުން ބަދަލުކުރުމާއި ރިވިއުކުރުމުގެ ވާހަކަ ބަޔާންކޮށްފައި އޮންނަ ކަމަށް ބިޝާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެބާރު އެގޮތަށް ލިބިފައި އޮންނައިރު ސްޓޭންޑް ބަދަލުނުކުރެވެންވީ އެއްވެސް ސަބަބެއް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ހައިކޯޓުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވުމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ، ސްޓޭންޑް ބަދަލުކުރުމަކީ ޕީޖީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެގޮތަށް ކަންކުރައްވާނަމަ، އެކަމަނާއާއި ދެކޮޅަށް ތައުބީދީ ފިވަޅު އަޅަންޖެހިދާނޭ ކަމަށެވެ.
ޕީޖީ ހައިކޯޓް
ހިޔާލު

ހުސެން

ތިޔަފަދަ ވާނުވާނޭނގޭ ފަޑިޔާރުންތައް އަވަހައް މަޤާމުން ދުރުކުރޭ.

މަމޯޅޭ ހިތަންއަރާ

ތިޔަ އިންޒާރުދޭ ފަނޑިޔާރު އިންޒާރުދެނީކީ ޕީޖީ އެކަންޏެއްނޫން ހައިކޯޓަށް މައްސލަތަކުގަ ދާހަސްމުންނަށް ވަރަށް އިންޒާރުދީ ބަވާހަދާކަމަށް ހައިކޯޓަށް މައްސަލަތަކުގަ ދާ ހަސްމުން ބުނޭ އެހެން ފަނޑިޔާރަކު އިސްވެ ބަލާ މައްސަލަ ތަކުގަވެސް ތިޔަ ފަނޑިޔާރު ހަސްމުންނަށް ބިރު ދައެްކައި ތިމާނޫން މީހުންނަކީ ތަންދޮރު ނުދަންނަ ބައެއްކަމުގައި ދެކެ ވަރަށްނިކަމެތިކޮށްލުމަށް މަސައްކަތްކުރަމުންދާކަމަށް މީހުން ބުނޭ ޤާނޫނާ ޤަވާއިދު އެނގެނީވެސް ހަމަ އެކަނި އެފަނޑިޔާރަށްކަމަށްވަނީ ޝރީޢަތުން ކުރާ ސުވާލަކަށް ޖަވާބުނުދީ ހުރުމަކީ ޤާނޫނު ލިބިދޭ އިހްތިޔާރެއް އެކަމަކު އެފަނޑިޔާރަށް އެވަރުވެސް ނޭނގޭ

އަ ދިއްދޫ

ނިޔާޒަށް ތާއީދު ޕީ ޖީ ގާނޫނު އަސާސީ ގެ ރޫހު އޮޅުވައޮނުލައްވާ ދަށުކޯޓްގެ މައްސަލާގެ ސީގާ ދިފާޢުކުރައްވާ ދައްކަވާ ވާހަކަ އަސްލު ނުގެއްލޭ ގޮތަށް ހައިކޯޓްގަ ވާހަދައްކަންވާނީ ގާނޫނުން ތިދީފައިވާބާރަކީ ހެދުނނުގޮތެއް ހަވީރު ގޮތެއް އަދި ރޭގަނޑު ގޮތެއް ކަނޑައަލާކަން ނޫން

ޢަލީ ޙަސަން

ދައުވާތަކުގައި އެކި މަރުހަލާތަކުގައި ޕީޖީގެ ސްޓޭންޑް ބަދަލުކުރާނަމަ ޕީޖީއާމެދު ފިޔަވަޅު އަޅަންޖެހޭ. އެކަމަކީ އަދުލްއިންސާފުގެ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެއް. ސަބަބަކީ ނޫސްތަކުންވެސް ލިޔާނީ ކޯޓުން މިވެނި އެވެނި ގޮތަކަށް ޙުކުމްކޮށްފިޔޭ. ނަމަވެސް ދައުވާކުރާ ފަރާތުން ދެ ކޯޓްގައި ދެ ގޮތަށް ދައްކާ ވާހަކަ ތަކެއް ނުހުންނާނެ. އެހެންވީމާ އާންމުންނަށް ހީވެފައި އޮންނަނީ ފަނޑިޔާރުން ހިތުހުރި ގޮތަކަށޭ މި ކަންކުރަނީ.......